ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 58.7 އިންސައްތަ ހިއްސާކުރަނީ ޔޫރަޕްގެ މާކެޓުންނެވެ.

ރާއްޖެއަށް މި އަހަރު ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރޭން 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕުންނެވެ. އަދި ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 10.6 ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޔޫރަޕުން 1,186,396 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,072,565 މިލިއަން މީހުންނާ އަޅާބަލާއިރު 10.6 ގެ ކުރިއެރުމެކެވެ. މި މުއްދަތުގައި މެދުތެރޭ އަދި އިރުމަތީ ޔޫރަޕުން މި އަހަރު 427,788 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 374,372 އާއަޅާބަލާއިރު 14.3 ޕަސެންޓުގެ އިތުރުވުމެކެވެ.
އުތުރު ޔޫރަޕުން މި އަހަރު 217,021 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައިސްފައިވާ 193,868 ޓޫރިސްޓުންނާ އަޅާބަލާއިރު 11.9 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ދެކުނު ޔޫރަޕުން މި އަހަރު 223,871 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އައީ 208,583 ޓޫރިސްޓުންނެވެ. މި ސަރަހައްދުން ވަނީ 7.3 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން ހުޅަނގު ޔޫރަޕް އައި ޓޫރިސްޓުންގެ އަދަދު އިރުމަތީ މެޑިޓަރޭނިއަން ޔޫރަޕްގެ މާކެޓުން މި އަަހަރު 20,555 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 19,136 ޓޫރިސްޓުން 7.4 ޕަސެންޓް އިތުރުވެފައިވެ އެވެ.
ރަޝިއާ އިން 23.9% އިތުރުވެފައިވެ އެވެ. އަދި 14 ވަނައިގައި އޮތީ ޕޮލެންޑެވެ. ޗެކް ރިޕަބްލިކުން އި ފަތުރުވެރިންގެ އަދަދު ވަނީ 15 އިންސައްތަ އިތުރުވެފަ އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 58.7 އިންސައްތަ ހިއްސާކުރަނީ ޔޫރަޕްގެ މާކެޓުންނެވެ.