ސައީދު ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ ބިލްތަކުގެ ތެރޭން އަމިއްލަ ވިޔަފާރިތަކަށް ދޫކުރި ފަސް ބިލިއަން ރުފިޔާއަކީ ކުދި ވިޔަފާރިތަކުގެ ބިލްތަކަށް ދޫކުރި ފައިސާ އެވެ.

މިދިޔަ ދެ އަހަރުތެރޭ އަމިއްލަ ވިޔަފާރިތަކުގެ ބިލްތަކަށް ސަރުކާރުން 13 ބިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ 17 ނޮވެބަރުގައި ރައިސް ޑރ. މުހައްމަދު މުއިއްޒު
"ގާތްގަނޑަކަށް 17 ނޮވެމްބަރު 2023 އިން ފެށިގެން 13 ބިލިއަން ރުފިޔާގެ ބިލްތަކަށް ވަނީ ދޫކޮށްފަ. މީގެ ތެރޭން ފަސް ބިލިއަން ރުފިޔާއަކީ އެސްއެމްއީސް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވިއިރު، އެސްއެމްއީ ޑިޖިޓަލް އިން 349 މިލިއަން ރުފިޔާ 595 ވިޔަފާރިއަކަށް ވަނީ ބިޒްނަސް ސަޕޯޓާއި ފައިނޭންސިން ފަދަ ދާއިރާތަކަށް ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން ބިޒްނަސްތަކަށް ޓީޓީ ހަދަން ދޫކުރާ ޑޮލަރުގެ ލިމިޓުވެސް ބީއެމްއެލްއިން އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން 2024 ވަނަ އަހަރު 69.2 މިލިއަން ޑޮލަރު ނަމަވެސް އެ އަދަދަށް މިވަނީ 42 މިލިއަން ޑޮލަރަށް އިތުރު ކުރެވިފަ އެވެ.