ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް އުނިކުރުމުން ދެން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ ހަތަރު މަހާއި ފަސް ދުވަސް ކަމުގައި ކަނޑައަޅާފައިވެ އެވެ.

ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 16 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޖޫން 22، 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި ދައުވާކޮށްފައި ވަނީ 17 އަހަރުގެ ކުއްޖާގެ އިތުރުން ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށެވެ.
މި މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ކުއްޖާގެ މައްޗަށް މައްސަލަ ސާބިތުވާ ކަނޑައަޅައި މިދިޔަ އަންގާރަ ދުވަހު ޖުވެނައިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
އެގޮތުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި ހަތް ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް އުނިކުރުމުން ދެން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ ހަތަރު މަހާއި ފަސް ދުވަސް ކަމުގައި ކަނޑައަޅާފައިވެ އެވެ.
އަދި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފަ އެވެ.
ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑއަޅާފައި ވަނީ 11 މަހާއި ނުވަ ދުވަހަށް ބަންދުކުރުމަށެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ ޒިހާންގެ މައްޗަށް ހުކުމެއް ކުރުމުން މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް އެ ކޯޓުން ވަނީ ދައުލަތަށް އަންގާފަ އެވެ.
މި މައްސަލައިގައި ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ؛
ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ހިންގާ އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.