އަންނަ ޖެނުއަރީ 3 ގެ ކުރިން، ބިދޭސީންނަށް ކުއްޔަށްދީފައިވާ މިފަދަ ފްލެޓުތައް ހުސްކުރަން އެންގުމަށް އެޗްޑީސީންގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.

ސަރުކާރުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން މަޝްރޫއުތަކުން ލިބިފައިވާ ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމަށް އެއްބަސްވުން ބާތިލުކުރާނެކަމުގެ އިންޒާރު އެޗްޑީސީން ދީފި އެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ލިބިފައިވާ ހައުސިން ޔުނިޓުތައް ބިދޭސީންނަށް ގަވާއިދާ ހިލާފަށް ކުއްޔަށް ދެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، އަންނަ ޖެނުއަރީ 3 ގެ ކުރިން، ބިދޭސީންނަށް ކުއްޔަށްދީފައިވާ މިފަދަ ފްލެޓުތައް ހުސްކުރަން އެންގުމަށް އެޗްޑީސީންގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.
އަދި އެ ތާރީހުގެ ފަހުން، ބިދޭސީންނަށް ކުއްޔަށްދީފައިވާ ފްލެޓުތަކުގެ އެއްބަސްވުން ބާތިލުކުރާނެކަމުގެ އިންޒާރު އެޗްޑީސީން ދީފައިވެ އެވެ.