ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން، އޭގެ ތިބި އެންމެން ސަލާމަތްކޮށް އެ އަތޮޅުގެ ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން، އޭގެ ތިބި އެންމެން ސަލާމަތްކޮށް އެ އަތޮޅުގެ ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި، ވ. އަތޮޅު ކުޑަ އަންބަރާ ދިމާލުން ތިން މޭލު ބޭރުގައި އޮތް ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ ހަވީރު 5:54 ހާއިރު ލިބުމާ އެކު، ފުލުހުން އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދު އަށް ވަނީ ގެންގޮސްފަ އެވެ.
"ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން،" ފުލުހުން ބުންޏެވެ.
ސަފާރީގައި ރޯވިއިރު އެ އުޅަނދުގައި ތިބި ޓޫރިސްޓުންގެ ތެރޭގައި ހިމެނެނީ ފުލުހުން ބުނި ގޮތުގައި ފަސް ފިރިހެނުންނާއި 12 އަންހެނުންނެވެ. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް ފިރިހެނެއް އަދި ޖަރުމަނުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދެންމެ ބުނީ، ސަފާރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް އަލިފާން އެއްކޮށް ނިއްވައި ނުލެވޭ ކަމަށާއި، އަލިފާން ނިއްވައިލުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.