މާރުކޭޓް ސަރަހައްދުގެ އޮޑިފަހަރު ވަގުތީ ގޮތުން ޖެޓީ ނަމްބަރު އެކެއް ސަރަހައްދަށް

މި ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރގެ ހުއްދަ ލިބިގެން މި ސަރަޙައްދުގެ ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ "ޒޯން އޭ" (އެއްގަމު ތޮށި) ކިޔު ތަރުތީބުންނެވެ.

މާލެ ވިޔަފާރި ބަނދަރުން އުޅަނދު ފަހަރު ނަގާފައިވާ ސަރަހައްދުތައް -- އެމްޕީއެލް

މާލޭ ނޯތު ހާބަރގެ "ޒޯން އޭ" (އެއްގަމު ތޮށި) ގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރު ވަގުތީ ގޮތުން ޖެޓީ ނަމްބަރު އެކެއް ހިމެނޭ ސަރަހައްދަށް ބަދަލުކޮށްފި އެވެ. 

މާލެ މާރުކޭޓް ސަރަހައްދުގެ ބަނދަރު ބަލަހައްޓާ އެމްޕީއެލް އިން ބުނީ މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިމަހުގެ އަށަކުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާއިރު، މާލޭ ނޯތު ހާބަރުގެ ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރު އެކެއ (އެމްއެމްއޭ ކުރިމަތި ސަރަހައްދު) ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.

އެ ކުންފުނިން ބުނީ އެގޮތުން، މާލޭ ނޯތު ހާބަ "އޭ ޒޯން" (އެއްގަމު ތޮށި) ގައި އަޅާފައިވާ ޕަސިންޖަރުންނާއި މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތައް މިހާރު ވަނީ ޖެޓީ ނަމްބަރު އެކެއް (އެމްއެމްއޭ ކުރިމަތި ސަރަހައްދު) އަށް ވަގުތީ ގޮތުން ބަދަލުކޮށްފަ އެވެ. އަދި ވަގުތީ ގޮތުން މި ގެނެވުނު ބަދަލަށް އަމަލުކުރާ މުއްދަތުގައި ޖެޓީ ނަމްބަރު އެކެއްގެ ބޭނުންހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ވާހަކަ ދަންނަވަމެވެ.

ޖެޓީ ނަމްބަރު އެކެއް ވަގުތީ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:

  •  މި ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރގެ ހުއްދަ ލިބިގެން
  •  މި ސަރަޙައްދުގެ ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ "ޒޯން އޭ" (އެއްގަމު ތޮށި) ކިޔު ތަރުތީބުން.
  •  މި ސަރަޙައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް. އަދި 10 ދުވަހަށްވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާނަމަ، އެ އުޅަނދަށް ކީވޯލާއި ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށްފަހު، ކިޔު ތަރުތީބުން.

އެމްޕީއެލް އިން ބުނީ މަތީގައި ދެންނެވިފައިވާ ގޮތަށް މި ކުންފުނިން ޢަމަލުކުރަން ނިންމާފައިވަނީ ހުރިހާ އުޅަނދުފަހަރަށްވެސް އިންސާފުވެރި، ހަމަހަމަ އުޟޫލަކުން ޚިދުމަތް ދިނުމުގެ ބޭނުމުގައިކަން ފާހަގަކުރަމެވެ.އަދި މާލޭ ނޯތު ހާބަރުގެ "ޒޯން ބީ" އަދި "ޒޯން ސީ"ގެ ބޭނުންކުރާ އުޅަނދު ފަހަރުތައް ޢަމަލުކުރަންޖެހޭ އުޟޫލުތަކަށް އެއްވެސް ބަދަލެއް ނުގެންނަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، މި ފުރުސަތުގައި މާލޭ ނޯތު ހާބަރގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުންވެސް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.