އެމެރިކާގެ އިތުބާރު ގެއްލި، ޑޮލަރުގެ އަގު ބޮޑުތަނުން ދަަށް

ޑޮލަރުގެ އަގު ވެއްޓުނު ނަމަވެސްއެހެން ކަރަންސީތަކުގެ އަގު ވަނީ އުފުލި ވަރުގަދަ ވެފަ އެވެ. ޑޮލަރުގެ އަގު ވެއްޓުނު ސަބަބަކީ އެމެރިކާގެ ޓެރިފްއާއި އެ ގައުމުގެ މަރުކަޒީ ބޭންކުގެ މިނިވަންކަމާމެދު ސުވާލު އުފެދުމެވެ.

މީހަކު އެމެރިކާ ޑޮލަރުތަކެއް ދައްކާލަނީ -- ފޮޓޯ މާކެޓް ޕްލޭސް

އެމެރިކާގެ މަރުކަޒީ ބޭންކު (ފެޑަރަލް ރިޒާވް) އިން އަންނަ އަހަރު އިންޓްރެސްޓް ރޭޓް އިތުރަށް ދަށްކުރާނެ ކަމަށް އިންވެސްޓަރުން ލަފާކުރުމާ ގުޅިގެން، އެމެރިކާ ޑޮލަރުގެ އަގު ފާއިތުވި 20 އަހަރުގެ ތެރޭގައި ނުދާހާ ދަށަށް ހިނގައްޖެ އެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި ދުނިޔޭގައި އާއްމުކޮށް ބޭނުންކުރާ އެހެން ކަރަންސީތަކާ ފައިސާތަކާ އަޅާބަލާއިރު ޑޮލަރުގެ އަގު ވަނީ މި އަހަރުގެ ތެރޭގައި 9.9 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއީ 2003 ވަނަ އަހަރަށްފަހު ޑޮލަރުގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ޑޮލަރުގެ އަގު ދަށްވި ސަބަބު - ޓެރިފް އަދި އެމެރިކާސިޔާސީ ނުތަނަވަސްވުން ހިމެނެ އެވެ. މިގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވި ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ މާލީ ދާއިރާއަށް އޮތް އިތުބާރު ކުޑަވެފަ އެވެ. އަދި އެމެރިކާގެ މަރުކަޒީ ބޭންކުގެ މިނިވަންކަމާމެދު ވަނީ ސުވާލު އުފެދިފަ އވެ. ފެޑަރަލް ރިޒާވްގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރާ މެދު އިންވެސްޓަރުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. 

ޑޮލަރު ވެއްޓުނުނަމަވެސް އެހެން ފައިސާތަކުގެ އަގު ވަނީ އުފުލިފަ އެވެ. މިގޮތުން އެހެން ޔޫރޯގެ މި އަހަރުގެ ތެރޭގައި 14 އިންސައްތަ ކުރިއަރާފަ އެވެ. އަދި އަދި އޮސްޓްރޭލިއަން ޑޮލަރުގެ އަގު ވެސް 8.4 އިންސައްތަ ކުރިއަރާފައިވެ އެވެ. މީގެ އިތުރުން ޕައުންޑުގެ އަގުވެސް ވަނީ 8 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ވެސް ހޯދާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.