ރާއްޖެއަށް ޑްރަގް ފޮނުވަނީ އެކި ގައުމުތަކުގައި ތިބޭ ދިވެހިން : ޕޮލިސް

"ހާއްސަކޮށް އިލެކްޓްރީކް އައިޓަމްތަކުގައި، ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އަވަނާ ތެއްޔާ މިކަހަލަ އެއްޗެހީގެ ތެރޭގައި ކޮންސީލްކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން [ފާހަގަވެފައިވޭ]،" ނާއިފް ވިދާޅުވި އެވެ

ފުލުހުންގެ ލޯންޗެއްގައި ނައްތާލަން ދޫނިދޫއަށް ޑްރަގް ގެންދަނީ --

ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ގާއިމްވެ ތިބޭ ދިވެހިން، ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގައި އުޅޭ ދިވެހިން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ކަމަށެވެ.

އެފަދަ ތިން މީހަކު ފުލުހުންނަށް ފާހަގަވެފައިވާ ކަމަށާއި، އެމީހުން އުޅެމުންދަނީ މެލޭޝިއާ އަދި ތައިލެންޑްފަދަ ގައުމުތަކުގައި ކަމަށް ނާއިފް ވިދާޅުވި އެވެ. މަސްތުވާތަކެތި ފޮނުވަނީ އެއާ ކާގޯ ނުވަތަ ސީ ކާގޯ މެދުވެރިކޮށެވެ.

"ހާއްސަކޮށް އިލެކްޓްރީކް އައިޓަމްތަކުގައި، ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އަވަނާ ތެއްޔާ މިކަހަލަ އެއްޗެހީގެ ތެރޭގައި ކޮންސީލްކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން [ފާހަގަވެފައިވޭ]،" ނާއިފް ވިދާޅުވި އެވެ.

ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާކަމަށް ފާހަގަވެފައިވާ ދިވެހިންނަކީ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އޭގެތެރޭގައި ރާއްޖޭން ފިލައިގެން ގޮސްފައިވާ މީހުންވެސް ހިމެނެ އެވެ.

އޭނާ ވިދާޅުވީ އެފަދަ ދިވެހިން ދުނިޔޭގެ ކޮންމެ ގައުމެއްގައި ތިއްބަސް، އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް ރާއްޖެ ގެނެސް، އެމީހުންނަށް ޖިނާއީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ބޭރު ގައުމުގަތާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

ފުލުހުން މިއަދު ހާމަކުރި ގޮތުގައި މިއަހަރުގެ މިހާތަނަށް 875.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އޭގެތެރޭގައި އެއާ ކާގޯ އަދި ސީ ކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.