ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން މައްޗަށް

މި އަހަރު އެވްރެޖުކޮށް ރާއްޖެއަށް އަންނަ ކަމަށް ދައްކަނީ 6,108 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ ތިން ދުވަހު 9،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ވީއައިއޭއަށް އައި ޓޫރިސްޓުންތަކެއް : ޓޫރިޒަމް ޑެއިލީ އެރައިވަލް ވަނީ އިތުރުވެފަ -- އެމްއޭސީއެލް

ޓޫރިޒަމް ބޮޑު ޗުއްޓީ އާއި އާ އަހަރު ފާހަގަ ކުރުމާ ދިމާކޮށް، ޑެއިލީ ޓޫރިސްޓް އެރައިވް، ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރު ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިދިޔަ ތިން ދުވަހު ރާއްޖެއަށް މި އަހަރު އެވްރެޖުކޮށް އައި ޓޫރިސްޓުންގެ އަދަދަށްވުރެ ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. މި އަހަރު އެވްރެޖުކޮށް ރާއްޖެއަށް އަންނަ ކަމަށް ދައްކަނީ 6,108 ޓޫރިސްޓުންނެވެ. ނަމަވެސް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ވަނީ މި އަދަދު ބޮޑުތަނުން އިތުރުވެފަ އެވެ. 

މިމަހުން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 9,613 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 22 ވަނަ ދުވަހު 7,469 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ މި އަހަރު އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އައި މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އައި 10,213 ޓޫރިސްޓުންނާ އަޅާބަލާއިރު ދަށް އަދަދެކެވެ. 

ރާއްޖޭގެ ޓޫރިޒަމްގެ ޓްރެންޑް ދައްކާ ގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނީސް އާ އަހަރާ ދިމާކޮށެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 2,174,423 ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1,977,432 ޓޫރިސްޓުންނާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މި އަހަރުގެ ޓޫރިޒަމް ޓާގެޓަށްދާނަމަ ޖުމްލަ 125,577 ޓޫރިސްޓުން އިތުރަށް ބޭނުންވެ އެވެ. މި އަހަރު ސަރުކާރުން ވަނީ 2.3 މިލިއަން މީހުން އަންނާނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.