މިނިސްޓަރު ސާފުކޮށް | މީހުން އުޅޭ ރަށްރަށުގަ ރާ ވިއްކަން ހުއްދައެއް ނުދޭނަން

ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވީ ރަލާއި އޫރުމަސް މީހުން ދިރިއުޅޭ ރަށްތަކުގައި ވިއްކުމަކީ އަމިއްލަފުޅަށްވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ.

އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ކިނބިދޫގައި ވާހަކަފުޅު ދައްކަވަނީ

މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދޭން ޖެހޭ ކަަމަށް ބުނެ ބަޔަކު ވާހަކަ ދެއްކިނަމަވެސް އެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވަރަށް ސާފުކޮށް ވިދާޅުވެއްޖެ އެވެ. 

ކ. މާފުށީގައި ބޭއްވި ހަފުލާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިސޯޓްތަކުން ދޭ ހުރިހާ ހިދުމަތެއް މީހުން ދިރިއުޅޭ ރަށްރަށުގައި ދޭން ހުއްދަ ދިނުން ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. މިވާހަކަ ފުޅާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދަ ދިނުން އެންމެ ރަނގަޅު ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އަދި އެ ބަޔަކު ވަނީ ނޫސްވެރިއެއް މެދުވެރިކޮށް ޓޫރިޒަމް މިނިސްޓަރު ތޯރިގުއަށް އެ ސުވާލު މިއަދު އޮތް ނޫސް ކޮންފަރެންސުގައި ކުރިމަތިކޮށްފަ އެވެ. 

އެ ސުވާލުގެ ޖަވާބުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވީ ރަލާއި އޫރުމަސް މީހުން ދިރިއުޅޭ ރަށްތަކުގައި ވިއްކުމަކީ އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ. އަދި ސަރުކާރުން އެކަމަށް ހުއްދަ ނުދޭނެ ކަމަށާ ރަށްރަށުގައި ޓޫރިޒަމް ހިންގުން ރަނގަޅީ ޑްރައި ޓޫރިޒަމް ފެސިލީޓީތަކެއްގެ ގޮތުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.