ކުރިއަށް އޮތް ފަސް ދުވަހު ވެސް ވައި ނުސާފު

"ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތޫގައި ހުންނާނެ ކަމަށް ބެލެވޭ،" މެޓުން ބުންޏެވެ.

މާލޭގެ ވައި ނުސާފުވެފައި: މިދުވަސްވަރަކީ ވައި ނުސާފު ދުވަސްވަރެއް

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާނެ --ދުންފުހުގެ އަސަރު ކުރާނެ-- ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އިރުވައި މޫސުން ފެށުމާއިއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފުވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ބޮޑުކަން ފާހަގަކޮށްފައިވެ އެވެ.

ވޭތުވެދިޔަ ހަތް ދުވަހަށް ބަލާއިރު، އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށްވުރެ ދަށްވެފައިވާކަން މެޓުން ފާހަގަކުރި އެވެ.

"ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތޫގައި ހުންނާނެ ކަމަށް ބެލެވޭ،" މެޓުން ބުންޏެވެ.

އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އިއްޔެ މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 170 ގަ އެވެ. 

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ރެޑް އެލާޓު ނެރޭއިރު، ވައިގެ ނުސާފުކަން ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގަ އެވެ.  

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނެރެފައިވާ އިރުޝާދުތަކުގައި، ވައި ނުސާފުވާ ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގެ ރައްކާތެރި މާސްކު އެޅުން ހިމެނެ އެވެ.

އަދި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ތުއްތު ކުދިން ވައި ނުސާފު ވަގުތުތަކުގައި ބޭރަށް ނުނެރުމަށް އެޗްޕީއޭގެ އިރުޝާދުގައިވެ އެވެ.

އަދި އެފަދަ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.