އުމްރާ ތަކާފުލް | އުމްރާވެރިންގެ ރައްކާތެރިކަމަށް ނެގުން މުހިންމު

އެލައިޑް ތަކާފުލް އިން ދަނީ ޢުމްރާ ތަކާފުލްގެ ޚާއްސަ ޕްލޭނެއް ދޫކުރަމުންނެވެ. މި ޕްލޭންއަށް ކޮންމެ ޢުމްރާވެރިއަކަށް ދައްކަން ޖެހެނީ އެންމެ 300ރ. އެވެ.

އުމްރާއަށް ފުރަން ގޮސް ތިބި ބަޔަކު ވީއައިއޭގައި

ޢުމްރާގެ އަޅުކަމަށް ދާ ގޮތް މިވަނީ ބަދަލުވެފަ އެވެ. ކުރިން ޢުމްރާއަށް ގިނައިން ދަނީ ވަކިންނެވެ. ނަމަވެސް މިހާރު ޢުމްރާގެ އަޅުކަމަށް ޢާއިލާއެއްކޮށް ދަތުރުކުރެއެވެ. ޢާއިލާއިން ދުރާލާ އެކަމަށް ފައިސާ އެއްކޮށް ތައްޔާރީތައްވެއެވެ. މިވަރަށް ތައްޔާރުވި ނަމަވެސް ގިނަ ބަޔަކު ހަނދާން ނައްތާލާ ކަމެއް އޮވެއެވެ. ޢުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނުވަތަ ދަތުރުމަތީގައި ދިމާވާ ހާދިސާއަކުން ބަދަލު ލިބޭނެ ގެއްލުމުން އަރައިގަނެވޭނެ ގޮތް ނުރޭވެއެވެ. ދަތުރުމަތީގައި އުޅެނިކޮށް ޕާސްޕޯޓް ގެއްލިދާނެ އެވެ. 

ކުއްލި ހަލަތެއް ދިމާވެގެން މެޑިކަލް އިމަޖެންސީއެއް ކުރިމަތިވެދާނެއެވެ. ނުވަތަ ދަތުރުމަތީގައި ލަގެޖު ގެއްލިދާނެއެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ޢުމްރާ ތަކާފުލް ފަރުމާކޮށްފައިވަނީ މިފަދަ ހާދިސާތަކުން ޢުމްރާވެރިޔާއަށް ރައްކާތެރިކަން ފޯރުކޮއްދިނުމަށެވެ. ޢުމްރާ ތަކާފުލަކީ ޢުމްރާއަށް ދަތުރުކުރާ މީހުންނަށް ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ ޝަރުޢީ ހަމަތަކާ އެއްގޮތްވާ އުސޫލުން ހިންގާ ތަކާފުލް ޕްލޭނެކެވެ.

އެލައިޑް ތަކާފުލް އިން ދަނީ ޢުމްރާ ތަކާފުލްގެ ޚާއްސަ ޕްލޭނެއް ދޫކުރަމުންނެވެ. މި ޕްލޭންއަށް ކޮންމެ ޢުމްރާވެރިއަކަށް ދައްކަން ޖެހެނީ އެންމެ 300ރ. އެވެ.

އުމްރާ ތަކާފުލްގެ ކަވަރޭޖު ހިމެނޭ ބައިތައް

  •  މެޑިކަލް އެމަޖެންސީތައް: ކުއްލި ޞިއްޙީ ހާލަތްތަކުގައި ބޭސްފަރުވާއަށް ހިނގާ ޚަރަދުތައް
  •  ލަގެޖު ގެއްލުން: ބޯޓަށް އަރުވާ ޗެކްކޮށްފައިވާ ލަގެޖު ގެއްލިއްޖެނަމަ ނުވަތަ ލަސްވެއްޖެނަމަ އެކަމުގެ ގެއްލުން
  •  ޕާސްޕޯޓް ގެއްލުން: ޕާސްޕޯޓް ގެއްލިއްޖެނަމަ ދިމާވާ ގެއްލުންތައް
  •  ފައިސާ އާއި މުހިންމު ތަކެތި ގެއްލުން

ކޮވިޑް-19 ކަވަރޭޖް އިހްތިޔާރީ އިތުރު ކަވަރ ކޮވިޑް-19 އަށް ޚާއްސަ ކަވަރޭޖް ހިމެނޭ

ޢުމްރާ ތަކަފުލް ނަގާނީ ކިހިނެއް ؟ - ޢުމްރާ ތަކާފުލް މައިއެލައިޑުގެ އެޕުން ފަސޭހަކަމާއެކު ނަންގަވާލެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.