ސްޓެލްކޯއިން ވަނީ އދ. ދިގުރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 600 ކިލޯވޮޓްގެ ގެ ޖެނެރޭޓަރެއްގެ ޓޮޕް އޯވަރހޯލްއެއް ކުރުމަށްފަހު މިހާރު ވަނީ އެ ޖަނަރޭޓަރުން އަލުން ޚިދުމަތްދޭން ފަށާފައި އެވެ.

އއ. ދިގުރަށް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން އެ ރަށުގައި ހުރި އިންޖީނުތައް އޯވަހޯލްކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް މި ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދިގުރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 600 ކިލޯވޮޓްގެ ގެ ޖެނެރޭޓަރެއްގެ ޓޮޕް އޯވަރހޯލްއެއް ކުރުމަށްފަހު މިހާރު ވަނީ އެ ޖަނަރޭޓަރުން އަލުން ޚިދުމަތްދޭން ފަށާފައި އެވެ.
ކަރަންޓުގެ ވިއުގަ ގާއިމް ކުރަން ސްޓެލްކޯއިން ދަނި ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ދެ އަހަރު ވަނީ އަތޮޅުތެރޭގެ ކަރަންޓު ނެޓްވާކް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން 15 ރަށެއްގައި ކޭބަލް އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްކޮށްފަ އެވެ. މިގޮތުން ކ. އަދި އއ. އާއި އދ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކެއްގައި ވަނީ މި މަސައްކަތްކޮށްފަ އެވެ.
ކަރަންޓުގެ ކެޕޭސިޓީ މަތި ކުރުމަށް މިދިޔަ ދެ އަހަރު ސްޓެލްކޯއިން ކުރި ވަރަށް މިދިޔަ 10 އަހަރު ތެރޭގައިވެސް މަސައްކަތްކޮށްފައެއް ނެތެވެ. މިގޮތުން 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފަ އެވެ. އެގޮތުން ސްޓެލްކޯ އިން މިދިޔަ ދެ އަހަރު މާލެ އަތޮޅުގެ 9 ރަށުގައި އިތުރު 15 ޖެންސެޓް ބެހެއްޓިފައިވ އެވެ. މީގެ ތެރެއިން 12 ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ.
މި 15 ޖެންސެޓާއިއެކު މި 9 ރަށަށް ޖުމްލަ 12.8 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި އެވެ. މި ޖެންސެޓް ބެހެއްޓި އަތޮޅުތަކުގެ ތެރޭން ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް މިދިޔަ ދެ އަހަރު ފެލިދެ އަތޮޅުގެ ފަސް ރަށުގައި އިތުރު 5 ޖެންސެޓް ބެހެއްޓިފައިވެ އެވެ. މީގެ ތެރެއިން ދެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ. މި ފަސް ޖެންސެޓާއިއެކު މި ފަސް ރަށަށް ޖުމްލަ 1.8 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އުފެއްދިފަ އެވެ. މިއީ ރާއްޖޭގެ އެންމެ ކުޑަ ނަމަވެސް ޓޫރިޒަމް ފުޅާވަމުން އަންނަ އަތޮޅެކެވެ.
އަދި އަރިއަތޮޅު ދެކުނުބުރީގެ 8 ރަށަށުގައި އިތުރު 13 ޖެންސެޓް ބެހެއްޓިފައިވެ އެވެ. މީގެ ތެރެއިން 6 ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ. މި 13 ޖެންސެޓާއިއެކު މި 8 ރަށަށް ޖުމްލަ 3.7 މެގަވޮޓްގެ ކަރަންޓު ދަނީ އުފައްދަމުންނެވެ. އަދި އަރިއަތޮޅު އުތުރުބުރީގެ ހަތް ރަށަށުގައި އިތުރު 11 ޖެންސެޓް ބެހެއްޓިފައިވެ އެވެ މީގެ ތެރެއިން އަށް ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ. މި 11 ޖެންސެޓާއިއެކު މި ހަތް ރަށަށް ޖުމްލަ 5.4 މެގަވޮޓްގެ ކަރަންޓު ދަނީ އުފައްދަމުންނެވެ.