ބ. އަތޮޅުގައި ސީސައިޑް ކަލެކްޝަންގެ ޕްރައިވެޓް އައިލެންޑެއް

މި ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްފައިވަނީ އަންނަ މީހުންނަށް ހާއްަސަ ހިދުމަތްތައް ދެވޭނެ ގޮތަށެވެ.

ސީސައިޑް ކަލެކްޝަން އިން ހުޅުވި ރިސޯޓް -- ފޮޓޯ ސީސައިޑް ކަލެކްޝަން

ޔުނެސްކޯގެ ބަރޯފިޔާ ރިޒާވްގެ ގޮތުގައި އޮންނަ ބ. އަތޮޅުގައި ސީސައިޑް ކަލެކްޝަންގެ ޕްރައިވެޓް އައިލެންޑެއް ހުޅުވައިފި އެވެ. 

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ހާއްސަ އެއް ސިފަ ކަމަށްވާ ފުލް ޕްރައިވެސީ އާއި އަމިއްލަ ވަންތަ ހިދުމަތްތަކަށް ހާއްސަކޮށް ހުޅުވި ސީސައިޑް ކަލެކްޝަންގެ މި ރިސޯޓު ތަރައްގީކޮށްފައިވަނީ ބ. ފިނޮޅެއް ތަރައްގީކޮށްގެންނެވެ. ސީސައިޑް ކަލެކްޝަން އިން ހުޅުވި މި ރިސޯޓުގައި ގުޅާލާފައިވާ ޕްރައިވެޓް ދެ ރަށެއް ހިމެނެ އެވެ. އެއް ރަށަށަށް ދީފައިވާ ނަމަކީ ސަމްވެއާ އެވެ. އަދި އަނެއް ރިސޯޓަކީ ނޯވެއާ އެވެ. 

މި ރިސޯޓުގެ ހާއްސަ ސިފަތަކުގެ ތެރޭގައި 45 އިން 47 މީޓަރަށް ދެމިގެންދާ އުޑުމަތީގައި އޮންނަ ފަދަ "ސްކައި އިންފިނިޓީ ޕޫލް" ތައް ހުރެ އެވެ. މީގެ އިތުރުން ތިން ކޮޓަރީގެ ފަސް ރެސިޑެންސް ތަރައްގީކޮށްފައިވެ އެވެ. މި ތަންތަނަކީ އަަށް މީހުންނަށ މަޑުކޮށްލެވޭ ތަންތަނެވެ. އަދި އަދި ހަތަރު ކޮޓަރީގެ ދެ ރެސިޑެންސް ތަރައްގީކޮށްފައިވެ އެވެ. މި ތަންތަނުގައި 11 މީހުންނަށް ޗުއްޓީ ހޭދަކޮށްލެވޭނެ އެވެ. އަދި މީގެ ކޮންމެ ރެސިޑެންސަކަށް ހާއްސަ ބަޓްލަރެއް ހުންނާނެ އެވެ. 

ސީސައިޑް ކަލެކްޝަން ފަރުމާކޮށްފައިވަނީ ތިން ކޮޓަރީގެ އޯވަރ-ވޯޓަރ ވިލާއަކާއި ފަސް ކޮޓަރީގެ "ޕްރެޒިޑެންޝަލް ރެސިޑެންސް"  އެއްވެސް ހުންނަ ގޮތަށެވެ. އަދި އެންމެ ބޮޑު ޕްރެޒިޑެންޝަލް ރެސިޑެންސުގައި 2,400 އަކަމީޓަރު ހުރެ އެވެ. މިތަން ފަރުމާކޮށްފައިވަނީ ޕްރައިވެޓް ބީޗާއެކު 28 މީޓަރުގެ ޕޫލެއް އޮންނަ ގޮތަށެވެ. އަދި މި ރަށުގައި ޖުމްލަ 24 މީހުންނަށް ތިބެވޭނެ އެވެ. މީގެ އިތުރުން މިތަނުގައި ގަދީމީ ބޭސްވެރިކަމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާދޭ ސްޕާއެއް ވެސް ހަދާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.