ޕެނަލްޓީ ޖަހައިގެން ރާއްޖެއަށް | ލިވަޕޫލް 50 ސަޕޯޓަރުންނަށް ޗުއްޓީ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހުޅުވާލި މި ފުރުސަތު އިސްތިހާރު ކުރަން ލިވަޕޫލްގެ މަޝްހޫރު ކުޅުންތެރިން ފޭނުންނާއެކު ބައިވެރިވެ އެވެ.

ދުނިޔޭގެ އެންމެ ފޭނުން ގިނަ ކްލަބް ކަމަށްވާ ލިވަޕޫލް އެފްސީއާއެކު ރާއްޖޭން ދަނީ ޓޫރިޒަމް މާކެޓު ކުރަމުންނެވެ. މިގޮތުން އެ ކްލަބާއެކު ޓޫރިޒަމް ކެމްޕޭންތަކެއް ހިންގުމަށްފަހު މިފަހަރު ފަށާފައި މިވަނީ މުޅިން ތަފާތު މާކެޓިން ކެމްޕޭން އެވެ. ރާއްޖޭގެ ޓޫރިޒަމް ބޯޑް ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލް އެފްސީ ގުޅިގެން ކުރިއަށް ގެންދަނީ "ޕެނަލްޓީސް ޓު ޕެރަޑައިސް" އެވެ. 

ލިވަޕޫލްގެ ފޭނުންގެ ތެރެއިން 50 މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފުރުސަތު ލިބޭ މި މުބާރާތް ކުރިއަށް ދަނީ ޕެނަލްޓީ ޖަހައިގެން އެ ކާމިޔާބުކުރާ ފޭނުންގެ މެދުގައި ގުރުއަތެއް ނަގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފުރުސަތު ލިބޭ ގޮތަށެވެ.

މި މުބާރާތް ކުރިއަށްދާނީމި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ގުރުއަތުން ހޮވުނު ލިވަޕޫލްގެ 50 މެންބަރުންނަށެވެ.
މި މުބާރާތުގެ އުސޫލަކީ ޕެނަލްޓީ ޖަހަމުން ގޮސް، އެންމެ ފަހުން ޕެނަލްޓީ ގޯލަށް ވައްދާ މީހަކަށް ރާއްޖޭން ޗުއްޓީއެއް ލިބޭ ގޮތަށެވެ.

ލިވަޕޫލް އިން ކުރިއަށް ގެންދާ މާކެޓިން މި ކެމްޕޭންގައި ލިވަޕޫލްގެ ތިން ކުޅުންތެރިން ކަމަށްވާ ޖެރެމީ ފްރިމްޕޮންގް އާއި އިބްރާހިމާ ކޮނާޓޭ އަދި އަދި ފްރެޑީ ވުޑްމަން ވަނީ ބައިވެރިވެފަ އެވެ. 

ރާއްޖޭން ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކްލަބާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ވިޒިޓް މޯލްޑިވްސްއަކީ ލިވަޕޫލް އެފްސީގެ "އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރު" ކަން ވަނީ ލިބިފަ އެވެ. މި އެއްބަަސްވުމާއެކު ރާއްޖޭގެ ބްރޭންޑް އިޝްތިހާރުން ފުރުސަތު ތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ލިވަޕޫލްގެ ދަނޑު ކަމަށްވާ "އެންފީލްޑް" ގައި މެޗުތައް ކުޅޭއިރު، ދަނޑުގެ ވަށައިގެން ހުންނަ ޑިޖިޓަލް ބޯޑުތަކުން ރާއްޖޭގެ އިޝްތިހާރުތައް ދަނީ ދައްކަމުންނެވެ. އަދި ލިވަޕޫލްގެ އެތައް މިލިއަން ސަޕޯޓަރުންނަކަށް ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ރާއްޖޭގެ ރީތިކަން ދަނީ ދައްކަމުންނެވެ. 

200 މިލިއަން ސަޕޯޓަރުންގެ ކްލަބެއް

ލިވަޕޫލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން ތިބި ބިޔަ ކްލަބެކެވެ. އަދި މި ކްލަބުގެ އޮފިޝަލް ސަޕޯޓަރުންގެ ޖަމްއިއްޔާތައް ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގައި އޮވެ އެވެ. މި ކްލަބުގެ އިންސްޓަގްރާމްގެ ފޮލޯވަރުންގެ އަދަދު 45 މިލިއަނަށްވުރެ ގިނަ އެވެ. އަދި އެފްބީގެ ފޮލޯވަރުންގެ އަދަދު 40 މިލިއަނަށް އަރަ އެވެ. އަދި އެކްސްގައި 24 މިލިއަން ފޮލޯވަރުން ތިބެ އެވެ. 

ދިގު ތާރީހެއް

ލިވަޕޫލް އެފްސީއަކީ 1892 ވަނަ އުފަންވި ކްލަބެކެވެ. ފުޓުބޯޅަށް މަރުދޭ އިނގިރޭސިވިލާތުގެ މި ކްލަބް އުފެދެން ދިމާވީ އެވަޓަން އެފް.ސީ އާއި އެންފީލްޑް ދަނޑުގެ ވެރިޔާ ޖޯން ހޯލްޑިންގްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިންނެވެ. މި ކްލަބުގެ ކާމިޔާބީތަކުގެ ތެރޭގައި 9 ފަހަރު އިނގިރޭސި ލީގު ޗެމްޕިއަންކަން ހޯދުމާއި 6 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު (ޔޫރަޕިއަން ކަޕް) ހޯދުން އަދި 8 ފަހަރު އެފްއޭކަޕް ހޯދުމުފެ އިތުުރން 10 ފަހަރު ކަރަބާއޯ ކަޕް (ލީގު ކަޕް) ހޯދުން ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.