ވަކިން އޮތް ފަރުކޮޅު ފުށި ހިއްކާ ގުޅުވާލައިފި

ހިއްކުމުގެ މަސައްކަތް ކުރާ އެމްއޭސީއެލް އިން ބުނީ ހުޅުމާލެ ފޭސް 3 ގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން މިހާތަނަށް ވަނީ 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާފަ އެވެ.

ފަރުކޮޅު ފުށީ ހުޅަނދު ފަރާތު މޫދު ސަރަހައްދު އެއްކޮށް ހިއްކާފަ -- އެޗްޑީސީ

ކުރިން ރިސޯޓެއްގެ ގޮތުގައި ހުޅުލެ ފަޅުގައި ހިންގި ރަށް، ފަރުކޮޅު ފުއްޓާ ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅުވާލައިފި އެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ ނިމުނުއިރު އެ ރަށަށް ދެވޭ ގޮތަށް އޮތްނަމަވެސް މިހާތަނަށް މި ރަށުގެ ހުޅަނގު ފަރާތުގައި ގޮނޑޮދޮށް އޮވެ އެވެ. އަދި އެ ސަރަހައްދުން ކުދި އުޅަނދު ފަހަރަށް އައިސް ކައިވެސް ކުރެވެ އެވެ. ނަމަވެސް ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ނަމުގައި ގޯތިދޭން ހިއްކަން ކުރަމުންދާ މަސައްކަތުގެ ދަަށުން މިހާރު ވަނީ ފަރުކޮޅު ފުށީގެ މޫދު ހިމެނޭ ސަރަހައްދު އެއްކޮށް ހިއްކާލާފަ އެވެ. 

ހިއްކުމުގެ މަސައްކަތް ކުރާ އެމްއޭސީއެލް އިން ބުނީ ހުޅުމާލެ ފޭސް 3 ގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން މިހާތަނަށް ވަނީ 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާފަ އެވެ. މިއާއެކު މުޅި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

ހުޅުމާލެ މި ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ގޯތިތަކެއް ވަނީ ދީފަ އެވެ. މިތަނުން 700 ގޯތި ދޭނެ އެވެ. އަދި ސަރުކާރުން ވަނީ މި ތަނުގައި ފްލެޓް އަޅަން ވަނީ ނިންމާފަ އެވެ. މިތަނުގައި 2900 ފްލެޓު އަޅާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.