ދަރިވަރުން ސްކޫލަށް ފޯނު ގެންދިޔުން ހަރުކަށިކޮށްފި

ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން ތަންފީޒުކުރަން ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެެސެމްބްލީއަށް ފަހު ބައެއް ދަރިވަރުން ރައީސާއެކު ސެލްފީ ނަގަނީ

ދިރާސީ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ފަށާއިރު، ދަރިވަރުން ސްކޫލަށް ފޯނު ގެންދިޔުން ހަރުކަށިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ. 

މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން، ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުން ފައްޓަވަމުން ރައީސް ވިދާޅުވީ، ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލައިގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން ތަންފީޒުކުރަން ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން، ރައީސް ވިދާޅުވި ގޮތުގައި، ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް މިހާރެކޭ އެއްގޮތަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށާއި ނަމަވެސް، އެ ދަރިވަރުންނަށް ވެސް ސްކޫލުގައި ކިޔަވައިދޭ ގަޑީގައި ފޯނު ބޭނުން ނުކުރެވޭނެ އެވެ.

ރައީސް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކްލާސްރޫމްތަކުގައި ބެހެއްޓުމަށް ލޮކާ ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ކިޔަވައިދޭ ގަޑީގައި ފޯނު ބަހައްޓަން ޖެހޭނީ ލޮކަރުގައި ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.