ވަކި ޝަރުތުތަކަކާ އެކު ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެނީ

"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ --

ވަކި ޝަރުތުތަކާ އެކު ހުޅުމާލޭގައި އަމިއްލަ ގެދޮރު 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން، ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުން ފައްޓަވަމުން ރައީސް ވިދާޅުވީ، ޒަމާނާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. 

މިގޮތުން، ވަކި ޝަރުތުތަކެއް ހިމަނައި، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ދޫކޮށްފައިވާ އަމިއްލަ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ، ވަކި ޝަރުތުތަކާއެކު ދޭން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭގައި އަމިއްލަ ގޯތިތައް މިހާރު އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ. 

"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެކަމަށްޓަކައި ކަނޑައަޅާނެ ޝަރުތުތައް ހާމަކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި، 10 ބުރިއަށް އިމާރާތް ކުރަން ބޭނުންވާނަމަ، ގްރައުންޑް ފްލޯގައި ގޭގައި ދިރިއުޅޭ މީހުންނަށް ޕާކުކުރާނެ ޖާގައެއް ހިމެނުމުގެ އިތުރުން، ފުރަތަމަ ފަންގިފިލާ، ކޮމާޝަލް ޖާގައެއްގެ ގޮތުގައި ހާއްސަކުރުން ހިމެނެ އެވެ. 

އޭގެ އިތުރުން، ގޯތި ލިބިފައިވާ ފަރާތްތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރެވޭ ގޮތަށް އޮތްއިރު އެެގްރީމެންޓުގެ ޖުމުލަ އަގުގެ 10 ޕަސެންޓު ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ވިލިމާލޭގައި ވެސް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.