އިންޝުއަރެންސް ހިސާބުތައް ދައްކާ ގޮތުން ޕްރިމިއަމް އާމްދަނީ އެންމެ މަތީ ފަޔާ އިންޝުއަރެންސްގަ އެވެ. މި ބަޔަކަށް 225.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި ކްލައިންޓުންނަށް 157.5 މިލިއަން ރުފިޔާ ދައްކައިިފ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންޝުއެންސުގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ރާއްޖޭގައި ހިދުމަތްދޭ ފަސް އިންޝުއަރެންސް ކުންފުނިން ބަދަލުގެ ގޮތުގައި 117.7 މިލިއަން ރުފިޔާ ދެއްކި ނަމަވެސް މި އަހަރު މި އަދަދު ވަނީ 157.5 މިލިއަން ރުފިޔާއަށް މަތިވެފަ އެވެ. މީގެ އިތުރުން އިންޝުއަރެންސްއާ ގުޅުންހުރި ހުރިހާ ނަމްބަރުތަކުން ދައްކަނި މި ސިނާއަތް ބޮޑު ތަނުން ކުރިއަރަމުން އަންނަ ތަނެވެ.
މި އަހަރުގެ މިދިޔަ ތިން ކުއާޓަރަށް ބަލާއިރު ކުންފުނިތަކަށް އިންޝުއަރެންސް ނަގާ މީހުން ދައްކާ ޕްރެމިއަމްގެ އަދަދު ވެސް ވަނީ ބޮޑުތަނުން މައްޗަށް ޖެހިލާފަ އެވެ.
އިންޝުއަރެންސް ހިސާބުތައް ދައްކާ ގޮތުން ޕްރިމިއަމް އާމްދަނީ އެންމެ މަތީ ފަޔާ އިންޝުއަރެންސްގަ އެވެ. މި ބަޔަކަށް 225.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދެވަނައަށް އުޅެނީ ހެލްތް އިންޝުއަރެންސް އެވެ. މިބައި 146.6 މިލިއަން ރުފިޔާއަށް އަރަ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ބަދަލެއް ދީފައިވަނީ ފަޔާ އިންޝުއަރެންސުގައި "މޭޖާ ފަޔާ ކްލެއިމް" އަށެވެ. މިއީ ރިސޯޓެއް ނުވަތަ ގުދަނެއް ފަދަ ތަންތަކުގައި ހިންގާ ހާދިސާތަކަށް ބަދަލުދޭ ބައެވެ. މިބައިން ފުރަތަމަ ކުއާޓަރުގައި 240.5 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވެއެވެ. އަދި ހެލްތް އިންޝުއަރެންސްއަށް ބަދަލު ދިން މިންވަރު ވެސް ވަނީ މި އަހަރުގެ ފުރަތަމަ ކުޓަރުން ފެށިގެން އިތުރުވެފަ އެވެ. ފުރަތަމަ ކުއާޓަރުގައި ހެލްތް އިންޝުއަރެންސަށް ބަދަލު ދިން މިންވަރު 85.9 މިލިއަންގައި ހުރިނަމަވެސް ތިންވަނަ ކުއާޓަރުގައި މިއަދަދު ވަނީ 124.3 މިލިއަން އަދް އިތުރުވެފަ އެވެ.
މި ސިނާއަތް އެންމެ ބޮޑަށް ކުރިއަރަން ފަށާފައިވަނީ 2020 އިން ފެށިގެންނެވެ. ހިސާބުތައް ދައްކާ ގޮތުން 2020 އިން 2024 އަށް ބަލާއިރު، ޖުމްލަ ޕްރީމިއަމް ވަނީ 914 މިލިއަން ރުފިޔާއިން 2,023 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 120 އިންސައްތައިގެ ކުރިއެރުމެކެވެ. ރާއްޖޭގައި އާއްމުކޮށް ނަގަނީ ފަޔަރ އިންޝުއަރެންސް: އިމާރާތްތަކާއި މުދާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ނަގާ އިންޝުއަރެންސް އާއި މެރިން އިންޝުއަރެންސް: ކަނޑު އުޅަނދުފަހަރާއި މުދާ އުފުލުމުގައި ދިމާވާ ގެއްލުންތަކަށް ނަގާ އިންޝުއަރެންސް އަދި މޯޓަ އިންޝުއަރެންސް: އެއްގަމު އުޅަނދުފަހަރަށް (މީގެ ތެރެއިން ތާޑް-ޕާޓީ އިންޝުއަރެންސް އަކީ ގާނޫނުން މަޖުބޫރު ކަމެކެވެ). އަދި ހެލްތު އިންޝުއަރެންސް އެވެ.