ކ. ގުރައިދޫގެ 1.5 ނޯޓިކަލް މޭލު ބޭރުން އެ ކިނބޫ ހިފާފައި ވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

ކ. ގުރައިދޫގެ 1.5 ނޯޓިކަލް މޭލު ބޭރުން އެ ކިނބޫ ހިފާފައި ވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
އެމްއެންޑީއެފުން ބުނީ އެ ކިނބޫ މިހާރު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ރާއްޖެ ނާދެވޭ ގޮތަށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ކިނބުލުގެ ފޮޓޯއެއް އާންމުވެފައިވާއިރު، އެ ދޯންޏަށް ނެގުމަށްފަހު ކިނބުލުގެ ތުން ވަނީ ރަގަޅަށް ބަނދެފަ އެވެ. އަދި ނުދުވެވޭގޮތަށް ދޯނީގައި އޮތީ ވަލުން އައްސާފަ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަދި ރަށްރަށަށް އަރާފައި އޮއްވައި ވެސް ކިނބޫ ފެނިފައިވެ އެވެ.