ހައުސިން މިނިސްޓްރީން ބުނީ މިއަދު ކުރިއަށް ދަނީ، އެ ބަދަލާއި ގުޅިގެން އެ ސަރަހައްދުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އާ ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ފަށައިފި އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައިސްފައިވާތީ، އާ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އާ ލޮޓް ނަންބަރު ވަނީ ކަނޑައަޅާފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދު ކުރިއަށް ދަނީ، އެ ބަދަލާއި ގުޅިގެން އެ ސަރަހައްދުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އާ ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް ކަމަށެވެ.

އެ ސަރަހައްދުން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ؛
މިނިސްޓްރީން ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް، ބިން ލިބިފައިވާ ފަރާތް ނުވަތަ އެ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ވަދެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައިވާ ކަމަށެވެ.
ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.