އިންޑިއާ މާކެޓަށް މަޓާޓޯ | ބޮޑެތި ސިޓީތަކުގައި އަންނަ އަަހަރު ރޯޑްޝޯތަކެއް

މި ފެއާތައް އޮންނާނީ އަންނަ އަހަރުގެ މާރިޗު މަހުގެ 23 އިން 27 އަށް އިންޑިއާގެ ސިޓީތަކުގަ އެވެ. މި ހަރަކާތްތައް އޮންނަނީ އިންޑިއާގެ ޗެންނާއި އާއި އަހުމަދުއާބާދު އަދި ޖައިޕޫރުގަ އެވެ.

މަޓާޓޯގެ އާ ސީއީއޯ މުހައްމަދު ބައްސާމް އާދަމް ސައޫދީ ފެއާގައި -- ފޮޓޯ : މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާ (މަޓާޓޯ) އިސް ނަގައިގެން އެހެން ޖަމިއްޔާތަކާއެކު އަންނަ އަހަރު އިންޑިއާގައި ޕްރޮމޯޝަން ގިނަ ހަރަކާތް ތަކެއް ހިންގަން ތައްޔާރު ވެއްޖެ އެވެ.

ވެލްކަމް އިންޑިއާ" ރޯޑްޝޯ 2026 ގެ ދެވަނަ އެޑިޝަނާ ބެހޭ ގޮތުން މަޓާޓޯއިން ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންބީއޭ) ގުޅިގެން އަންނަ އަހަރުގެ މާރިޗު މަހުގެ 23 އިން 27 އަށް އިންޑިއާގެ ސިޓީތަކުގަ އެވެ. މި ހަރަކާތްތައް އޮންނަނީ އިންޑިއާގެ ޗެންނާއި އާއި އަހުމަދުއާބާދު އަދި ޖައިޕޫރުގަ އެވެ.

މި ރޯޑްޝޯއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މުހިންމު ބާޒާރުތަކުގެ ތެރެއިން އިންޑިއާގެ މަގާމު އިތުރަށް ހަރުދަނާ ކުރުމަށް މަޓާޓޯއިން އެކުލަވާލާފައިވާ ބޮޑު ސްޓްރެޓެޖީގެ އެއް ބައެކެވެ. ރަނގަޅު ވައިގެ ގުޅުންތަކާއި ކުރު ދަތުރުގެ ވަގުތުތަކާއި ވިސާ އޮން- އަރައިވަލްގެ ފަސޭހަތަކާއެކު އިންޑިއާގެ ބާޒާރުން ފެންނަމުން ދަނީ ގަދަފަދަ ކަމާއި އާ ހަލުވިކަމެވެ.

އަންނަ އަހަރުގެ ޓާކެޓަކީ ތިން ލައްކަ އިންޑިއާ ޓޫރިސްޓުން

މަޓާޓޯ އިން ބުނީ މި އަހަރުގެ ފަހުކޮޅުގެ ޓްރެންޑްތަކުން ދައްކާ ގޮތުގައި ޚާއްސަކޮށް ލަގްޒަރ،ީ ޑެސްޓިނޭޝަނ،ް ވެޑިންގް އަދި މައިސް ސެގްމެންޓްތަކުން ވަރުގަދަ ކުރިއެރުމެއް ދަނީފެންނަމުންނެވެ. އިވެންޓް ބޭއްވުމަށް ހޮވާފައިވާ މި ރަށްތަކަކ،ީ ބޭރު ދަތުރުފަތުރުކުރުން ގިނަ އާމްދަނީ ރަނގަޅު، އަދި ރާއްޖެއަށް ޕްރީމިއަމް އަދި ތަފާތު ތަޖުރިބާތަކަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުވަމުންދާ މުހިންމު ސަރަހައްދުތަކެވެ.

މަޓާޓޯއިން ބުނީ އަންނަ އަހަރު އިންޑިއާއިން 300,000 ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ މަޓާޓޯއިން ކަ ނޑައަޅާފައިވާ އަމާޒެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާގެ ބާޒާރުގެ ސްޓްރެޓެޖިކް މުހިންމުކަން އިތުރަށް ހާމަކޮށްދޭ ކަމެކެވެ.

އެސޯސިއޭޝަނުން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މަޓާޓޯއިން ވަނީ 2014 ވަނަ އަހަރުން ފެށިގެން އޯޓީއެމް އަދި މާޓޭފަދަ ބޮޑެތި ޓްރޭޑް ފެއަރތަކުގައި ބައިވެރިވި ފުރަތަމަ އިންޑަސްޓްރީ ބޮޑީތަކުގެ ތެރޭގައި މި އެސޯސިއޭޝަން ހިމެނެއެވ.ެ މާޓޯއިން ވަނީ އަހަރުތަކެއް ވަންދެން މާކެޓް ފުޅާކުރުމާއި ދިގު މުއްދަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކުރުމުގެ މަޤްސަދުގައި ގިނަ އަދަދެއްގެ ރޯޑްޝޯތަކާއ، ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ގުޅިގެން ހިންގި އިޝްތިހާރު ކެމްޕޭންތަކާއި ވިޔަފާރިއަށް އަމާޒުކޮށްގެން ތަފާތު މަސައްކަތްތައް އިސްކޮށް ހިންގާފަ އެވެ.

"ވެލްކަމް އިންޑިއާ" ރޯޑްޝޯއަކީ ދިވެހި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ލައިވްބޯޑްތަކާއި ތަފާތު ތަޖުރިބާ ދޭ ފަރާތްތަކަށް
އިންޑިއާގެ އިސް ދަތުރުފަތުރުގެ އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި ޕްލޭނަރުންނާ ސީދާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް
ޚާއްސަ މަންސައެއް ހުށަހަޅައިދޭނެ ކަމެކެވެ. މި މަސައްކަތް ރާވާފައިވަނީ ކުރިއާލާ އެއްބަސްވުންތައް ގާއިމުކުރުމަށް އެހީތެރިވެ އަހަރުގެ ހުރިހާ ދުވަހުވެސް ދަތުރުފަތުރަށް ހުރި ޑިމާންޑު އިތުރުކޮށް ސީޒަންގެ އެންމެ ބާރުބޮޑު ދުވަސްވަރު ފިޔަވައި އެހެނިހެން
ދުވަސްވަރުގައި ވެސް ބުކިންތައް އިތުރުކުރުމަށް އެހީތެރިވެދިނުމުގެ މަޤްސަދު ކެވެ. މީގެ އިތުރުން މި ރޯޑްޝޯގެ ސަބަބުން އިންޑިއާގެ މާކެޓަށް ދިވެހިރާއްޖޭގެ ފުޅާ ދާއިރާއެއްގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުވެގެންދާނެ އެވެ.

މި ރޯޑްޝޯގައި ބައިވެރިވެވޭ އަދަދު ކަނޑައަޅާފައިވާތ،ީ ބައިވެރިވެވޭނީ ފުރަތަމަ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަސް ދޭއްގެ ކުރިންނެވެ.

މި ރޯޑްޝޯގައި ބައިވެރިވެއްލެއްވުމަށ،ް އަދި ރަޖިސްޓަރވެލެއްވުމަށ،ް އަދި ރޯޑްޝޯގެ މަޢުލޫމާތު އެކުލެވޭ ޕްރޮސްޕެކްޓް ހޯއްދެއްވުމަށް
2026welcomeindia/org.matato.www ވަޑައިގަތުން ނުވަތަ org.matato@admin އަށް އީމެއިލް ކުރެއްވެމުން ލިބިގެން
ދާނެ އެވ.ެ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމ،ަ މުޙައްމަދު ބައްސާމް އާދަމް (ސީއީއ،ޯ މަޓާޓޯ) އަށް (org.matato@ceo)
އީމެއިލް ކުރެއްވުން ނުވަތަ 9413 777 +960 އާއި ގުޅުއްވުން އެދެމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.