އެޗްޑީސީ އިން ބުނީ މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާލަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު އެވެ.

މި އަހަރުގެ އާ އަހަރާ ދިމާކޮށް ހުޅުމާލޭގައި ބާއްވާ "ނިއު އިޔާ ފެސްޓިވަލް" ގައި ވިޔަފާރިކުރާ ސްޓޯލްތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
އެޗްޑީސީ އިން ބުނީ މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާލަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު އެވެ. އަދި މި ސްޓޯލްތަކަށް ފުރުސަތު ދޭނީ ފުރަތަމަ ކުރިމަތިލާ ފަރާތްތަކުގެ ތަރުތީބުންނެވެ.
ހުޅުމާލޭގައި މިދިޔަ އަހަރު ވެސް މިފަދަ ފެސްޓިވަލްއެއް ބާއްވާފައިވެ އެވެ. އަދި މި ފެސްޓިވަލުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް ބައިވެރިވެފައިވެ އެވެ.