އެމްއެންއޭސީއައި ބިލްޑާސް އެވޯޑް | ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ބައިސަންގެ ވެރިޔާ މަޖީދުއަށް

އައުޓްސްޓޭންޑިން ވުމަން ލީޑާ އިން ކޮންސްޓްރަކްޝަން އެވޯޑް ނުވަތ އިމާރާތްކުރުމުގެ ދާއިރާގެ އެންމެ މޮޅު އަންހެން ލީޑަރުގެ ޝަރަފުވެރި އެވޯޑު ލިބިލެއްވީ އިންސައިޑް ޕްލަސްގެ ކޯ-ފައުންޑަރު ތަޒީން ޝަރީފް އަށެވެ.

އެމްއެންއޭސީއައިގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ބައިސަންގެ ވެރިޔާ އަބްދުލް މަޖީދުއަށް އެމްއެންއޭސީއައިގެ ރައީސް ޖަނާހު އަރުވަނީ -- އެމްއެންއޭސީއައި

ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ބައިސަންގެ ވެރިޔާ އަބްދުލް މަޖީދުއަށް އަރުވައިފި އެވެ. 

"އެމްއެންއޭސީއައި ބިލްޑާ އެވޯޑް 2025" ދޭން ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފުލާއެއްގައި މި އެވޯޑުތައް ދެއްވީ އަވަށްޓެރި ބައެއް ގައުމުތަކުގެ ސަފީރުންނާއި އެމްއެންއޭސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ. 

"އެމްއެންއޭސީއައި ބިލްޑާ އެވޯޑް 2025" ގެ އެންމެ ޝަރަފުވެރި އަނެއް އެވޯޑް ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ނުވަަތަ އިމާރާތް ކުރުމުގެ ސިނާއަތުގެ ދިގު މުއްދަތުގެ ހިދުމަތް ކުރެއްވުމުގެ އެވޯޑު އަރުވާފައިވަނީ ބައިސަންގެ ވެރިޔާ އަދި ރާއްޖޭގެ ރިސޯޓް ކޮންސްޓްރަކްޝަންގައި ފުންނާބުއުސް އެއް ފަރާތް ކަމަށްވާ އަބްދުލް މަޖީހު އަށެވެ. އަދި އިމާރާތްކުރުމުގެ ދާއިރާގެ އެންމެ، އައުޓްސްޓޭންޑިން ވުމަން ލީޑާ އިން ކޮންސްޓްރަކްޝަން އެވޯޑް ނުވަތަ އެންމެ މޮޅު އަންހެން ލީޑަރުގެ ޝަރަފުވެރި އެވޯޑު ލިބިލެއްވީ އިންސައިޑް ޕްލަސްގެ ކޯ-ފައުންޑަރު ތަޒީން ޝަރީފް އަށެވެ. 

އެމްއެންއޭސީއައިގެ އެވޯޑް ލިބުނު ފަރާތްތައް ފޮޓޯއަކަށް ހުއްޓިގެން -- އެމްއެންއޭސީއައިގެ

އެމްއެންއޭސީއައި ބިލްޑަ އެވޯޑް 2025 ގައި 19 ކެޓަގަރީއަކުން އެވޯޑު ދީފައިވެ އެވެ. އަދި މި އެވޯޑަށް ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވެ އެވެ. 

އެމްއެންއޭސީއައި ބިލްޑާސް އެވޯޑުގެ ވަނަތައް

  •  އަހަރުގެ އެންމެ މޮޅު ކޮންޓްރެކްޓަރު - ރެއިންބޯ ޕްރައިވެޓް ލިމިޓެޑް
  •  އަހަރުގެ އެންމެ މޮޅު ރިސޯޓް ކޮންޓްރެކްޓަރު - އަލިއާ ކޮންސްޓްރަކްޝަން
  •  އަހަރުގެ އެންމެ މޮޅު ރިއަލް އެސްޓޭޓް ކޮންޓްރެކްޓަރު - ރެއިންބޯ ޕްރައިވެޓް ލިމިޓެޑް
  •  އަހަރުގެ އެންމެ މޮޅު ބޭރުގެ ކޮންޓްރެކްޓަރު- ޔޫ.ސީ.ސީ ހޯލްޑިންގްސް
  •  އަހަރުގެ އާކިޓެކްޗަރަލް އެންޑް ޑިޒައިން ފާމް- އިންސައިޑް ޕްލަސް
  •  އަހަރުގެ ލޮޖިސްޓިކްސް އެންޑް ޓްރާންސްޕޯޓް ފާމް - ލިއޯ ޓްރޭޑިން
  •  އަހަރުގެ އެންމެ މޮޅު ޕްރޮޖެކްޓް މެނޭޖުމަންޓް ކުންފުނި - ހޮޓެލް އެންޑް ރިސޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރިމް)
އެމްއެންއޭސީއައިގެ އެވޯޑް ލިބުނު ފަރާތްތައް ފޮޓޯއަކަށް ހުއްޓިގެން އެމްއެންއޭސީއައިގެ އެވޯޑް ލިބުނު ފަރާތްތައް ފޮޓޯއަކަށް ހުއްޓިގެން

މި އަހަރު ވަނީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެމްއެންއޭސީއައިގެ ރައީސްގެ ހާއްސަ އެވޯޑެއްވެސް އަރުވާފަ އެެވެ. މި އަހަރުގެ 

އެމްއެންއޭސީއައިގެ ރައީސް ދިގު މުއްދަތުގެ ހާއްސަ އެވޯޑު

  • ޕްލެޓިނަމް އެވޯޑް (20 އަހަރަށްވުރެ ގިނަ ދުވަސް) - އަލާއު އަލީ ، އަދުނާން ހަލީމް، އިބްރާހީމް މުތަލިބް އަދި ސައުދުﷲ ހިލްމީ
  • ގޯލްޑް އެވޯޑް (15 އަހަރަށްވުރެ ގިނަ ދުވަސް) - މުޙައްމަދު ސައީދު
  • ސިލްވަ އެވޯޑް (10 އަހަރަށްވުރެ ގިނަ ދުވަސް) - ހަސަން ހަބީބް، އަމީން މުޙައްމަދު އަދި ޢަބްދުﷲ ސާލިހު
އެމްއެންއޭސީއައިގެ އެވޯޑް ދިނުމުގެ ހަފުލާ

އެމްއެންއޭސީއައިގެ އެވޯޑު ދިނުމުގެ ހަފުލާގައި އިމާރާތް ކުރުމުގެ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވެ ދޭ ފަރާތްތަކުގެ އަގު ވަޒަންކޮށް ދެ ފަރާތްތަކަށް ހާއްސަ ސެޓްފިކެޓެއް ވެސް ދީފައިވެ އެވެ. މިވަނަތައް ލިބިފައިވަނީ ސީޑީސީ ކޮންސެލްޓެންސީގެ ޑިރެކްޓަރު ޑރ. އަހުމަދު ސާއިގު އާއި ދަ މިރާގެ ބިޒްޒަސް އެޑިޓަރު މުހައްމަދު އަފްރާހު އަށެވެ. 

ކުރީގެ މަސީ އަދި މިހާރުގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާއިން ދޭ މި އެވޯޑަކީ ކޮންސްޓްރަކްޝަން ސިނާއަތުގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއީ ދެ އަހަރުން އެއް އަހަރު ދޭ އެވޯޑެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.