ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރުގައި

ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ގޯތިތަކުގެ ގުރުނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ.

ހުޅުމާލެ ފޭސް 3 އިން މިހާތަނަށް ހިއްކާފައިވާ ސަރަހައްދު. --ފޮޓޯ: ރައީސް އޮފީސް

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3 އިން ދޫކުރަން ނިންމި ގޯތިތައް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ގޯތިތަކުގެ ގުރުނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ.

ގޯތިލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް ހޯލަށް ވަދެ، ގުރުނެގުމުގައި ބައިވެރިވޭ ގޮތަށް ހަމަޖައްސާފައިވާއިރު، އެ މީހާގެ އައިޑީ ކާޑު ހިފައިގެން އައުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިނިސްޓްރީން ބުނީ، ގުރުއަތު ނެގޭ ގޯތިތައް ހިމެނޭ ޗާޓު ހިޔާވަހި ޕޯޓަލް މޭދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3 އިން ޖުމްލަ 1،351 ގޯތި ދޫކުރަން މިދިޔަ ސަރުކާރުން އޮތީ ނިންމައިފަ އެވެ.

އެ ގޯތިތައް ދިނުމަށް ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އިތުރު ޑްރެޖަރުތައް ގެނެސް އެ މަސައްކަތް މިހާރު ވަނީ އަވަސްކޮށްފަ އެވެ. 

މިގޮތުން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެތަން އެކީގައި ހިއްކާ ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.