ގޭންގުތަކުގެ 'ހޮޓް ސްޕޮޓް'ތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވެއްޖެ

ސީޕީ ވިދާޅުވީ މިހާރު އެކުދިން ކުށެއް ނުކުރާތީ ނަސޭހަތްދީ ފޮނުވައިލި ނަމަވެސް ކުރިއަށް އޮތްތަނުގައި ކުށްތަކަށް މިކުދިން އަރައިގަނެފާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

ސީޕީ އިސްމާއިލް ނަވީން

އާންމުކޮށް ކުށްކުރާ ކަމަކަށް ބެލެވޭ ތަންތަނުން ފަހަކަށް އައިސް ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާތީ ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހޯމް ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ކުށްކުރާ ތަންތަނުން މިހާރު ގިނައިން ފެންނަނީ އާ މޫނުތައް ކަމަށެވެ. އެގޮތުން ކިރިޔާ 18 ވެފައިވާ ނުވަތަ 17 އަހަރުގެ ކުދިން ކުށްކުރާ ގުރޫޕުތަކާއެކު އުޅޭ ނިސްބަތް އިތުރުވެފައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ތިބޭ ކުދިން އަދި 17 އަހަރުގެ ކުދިން މިހާރު އެތަންތަނުން އެފެންނަނީ. ހޮސްޓް ސްޕްޓްސްއޭ މިކިޔާ ތަންތަނުންވެސް މި ފެންނަނީ 17 އަހަރުގެ ކުދިން،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މިހާރު އެކުދިން ކުށެއް ނުކުރާތީ ނަސޭހަތްދީ ފޮނުވައިލި ނަމަވެސް ކުރިއަށް އޮތްތަނުގައި ކުށްތަކަށް މިކުދިން އަރައިގަނެފާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

"މީ އަޅުގަނޑުމެންނަށް ކަންބޮޑުވާ ދަރަޖައަކަށް އެބަ ފެނޭ، މިކުދިން ނަސޭހަތްދީފަ މި ފޮނުވާލަނީ މިހާރު އެއްވެސް ކުށެއް ނުކުރާތީވެ. އެކަމަކު ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންނަށް ބިރުބޮޑީ މިކުދިން ކުށުގެ ތެރެއަށް ވަދެގެންދާނެތީ،" ސީޕީ ވިދާޅުވި އެވެ.

މިކުދިން އުޅޭ ނޫޅޭ ގޮތް ބެލުމަށާއި އެކުދިންނަށް ރަނގަޅަށް އަޅައިލުމަށް ސީޕީ ވަނީ ބެލެނިވެރިންނަށް ނަސޭހަތްތެރިވެފަ އެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ މާހައުލުގައި އުޅޭ 220 ކުޑަކުއްޖަކަށް މިވަގުތު ވެސް ޖުނެނައިލް ޖަސްޓިސްގެ ދަށުން އެކި ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ. އަދި ކުށުގެ މާހައުލަށް ވަނުމުގެ ބޮރު އޮތް 162 ކުއްޖަކަށް ހިދުމަތް ދެމުންދާ ކަމަށެވެ.

މިފަދަ ކުދިން ރިހިބިލިޓޭޓް ކުރުމަށް ސަރުކާރުން ތަރައްގީ ކުރާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދިފައިވާ ކަމަށާއި، އަންނަ ޖެނުއަރީ މަހު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އުތުރުތިލަފަޅުން 15 ހެކްޓަރު ބިން ހިއްކައިގެން ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހޭދަވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.