ރަސްމާލެ ބިމަށް 18 ދުވަސްތެރޭ 114.5 ހެކްޓަރު އިތުރު ވެއްޖެ

އެޗްޑީސީ އިން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާރު ދުވެލީގައި ކުރިއަށްދާއިރު، މިއަދާ ހަމައަށް ޖުމްލަ 23 ހެކްޓަރު ހިއްކައި ނިމިފައިވާ އެވެ. މިއީ އެ ސައިޓުން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ 17 ޕަސެންޓެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ - އެމްއޭސީއެލް

ރަސްމާލެ ހިއްކުމަށް ކުރަމުން ގެންދާ މަސައްކަތްތުން މިމަހުގެ 18 ދުވަސް ތެރޭ 114.5 ހެކްޓަރުގެ ބިން އިތުރު ކޮށްފި އެވެ. 

އެޗްޑީސީ އިން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާރު ދުވެލީގައި ކުރިއަށްދާއިރު، މިއަދާ ހަމައަށް ޖުމްލަ 23 ހެކްޓަރު ހިއްކައި ނިމިފައިވާ އެވެ. މިއީ އެ ސައިޓުން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ 17 ޕަސެންޓެވެ. މިއާއެކު މި ސަރަހައްދުން ހިއްކި ސަރަހައްދުގެ ބޮޑުމިން 114.5 ހެކްޓަރަށް އަރަ އެވެ. 

ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިންނެވެ. 

ކްރިސްޓަބަލް ކޮލޯންއަކީ 46,000 ކިއުބިކް މީޓަރުގެ ވެލި 155 މީޓަރު އަޑިން ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ މިއީ އާންމު ޓީވީން ފެންނަ ފީފާ ސްޓޭންޑަޑުގެ ފުޓްބޯޅަ ދަނޑަކަށް 21 ފޫޓު އުސް މިނުގައި ވެލި އެޅުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދެ ފަރާތުގައި ބޮޑު ވެކިއުމް ކްލީނަރެއްހެން ހަރުކޮށްފައިވާ ވެލި ދަމާ ދަތްގަނޑަކީ ބިމުއަޑީގައި ހުންނަ ވެލިގަނޑުން 20 ޓަނުގެ ވެލި ގަޑިއެއްގެ ތެރޭ އުޅަނދު ބަރުކޮށްލެވޭ ވަރުގެ ޕްރެޝަރު ހުރި ދެ "އަތެ" އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ޑްރެޖަރާއެކު މަސައްކަތް ތިން ގުނަ އަވަސް ވެގެންދާނެ އެވެ. މި ރަށް ފެނިގެންދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގޯތިގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ ޑްރީމް ޕްރޮޖެކްޓް ސަތޭކަ ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.

މި މަޝްރޫގެ ދަށުން ފުށިދިއްގަރުފަޅުން ޖުމްލަ 1280 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.