މިދިޔަ އަހަރު ވިކިފައިވަނީ 26.2 މިލިއަން ރުފިޔާގެ ތަކެއްޗެވެ. ނަމަވެސް މި އަހަރުގެ 10 މަސް ތެރޭ ވަނީ މުޅިން އަލަށް ދިވެހި އުފެއްދުންތައް ވިއްކާ 35 ފަރާތެއްގެ އުފެއްދުންތައް ވަނީ އޮތެންޓިކް މޯލްޑިވްސް ބްރޭންޑުގައި ވިއްކަން ފަށާފަ އެވެ.

އޮތެންޓިކް މޯލްޑިވްސް އިން މި އަހަރުގެ މިދިޔަ 10 މަސްތެރޭ ވިއްކި ދިވެހި އުފެއްދުންތަކުގެ ސޭލްސް ތިން މިލިއަން ޑޮލަރު، ގާތްގަނޑަކަށް 45 މިލިއަނަށް އަރާފައިވާ ކަމަށް ދައްކައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ދިވެހި އުފެއްދުންތައް ވިއްކަން ކުރާ މަސައްކަތްތަކުން ދަށުން މިދިޔަ އަހަރު ވިކިފައިވަނީ 26.2 މިލިއަން ރުފިޔާގެ ތަކެއްޗެވެ. ނަމަވެސް މި އަހަރުގެ 10 މަސް ތެރޭ ވަނީ މުޅިން އަލަށް ދިވެހި އުފެއްދުންތައް ވިއްކާ 35 ފަރާތެއްގެ އުފެއްދުންތައް ވަނީ އޮތެންޓިކް މޯލްޑިވްސް ބްރޭންޑުގައި ވިއްކަން ފަށާފަ އެވެ. މިއާއެކު ދިވެހި އުފެއްދުންތައް ވިއްކުނު މިންވަރު ވަނީ 45 މިލިއަން ރުފިޔާއަށް އަރައި، ވިކުނު މުދަލުގެ އަދަދު ހަތް ޕަސެންޓް އިތުރުވެފަ އެވެ.
މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ 69 ޕަސެންޓަކީ އަންހެނުންނަށް ހާއްސަ ވިޔަފާރިތަކެވެ.
ބީސީސީގެ އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓްނޭޝަނަލް އެއާޕޯޓް އަދި ތޮއްޑޫގެ އިތުރުން ވިލާ ނޯޓިކާގައި ވިއްކަމުންނެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި ޖަޕާނުގެ ކަންސައި ނަރީތާ އިންޓަނޭޝަނަލް އެއާޕޯޓާއި ވޯލްޑް ބޭންކް މައި އޮފީހުގައި ވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހިންގަ އެވެ.
ބީސީސީ އިން ވަނީ ކުދިއަދިމެދުފަންތީގެ ވިޔަފާރީގެ ހުރިހާ ހިދުމަތެއް އެއް ޕްލެޓްފޯމްއަކުން ފޯރުކޮށްދޭން "ކުރެމި" ނަމުގައި ޕޯޓަލެއް ލޯންޗްކޮށްފަ އެވެ. މި ޕޯޓަލްގައި 1021 ފަރާތެއް ރަޖިސްޓްރީވެފައިވެ އެވެ.