ހަފްތާއެއްހާ ދުވަސްތެރޭ 52 މަސާޖު ޕާލާ ބަންދު ކޮށްފި

ރައީސް ހާމަކުރެއްވި ގޮތުގައި، ހަފްތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކޮށްފައިވާއިރު، އޭގެތެރެއިން 24 ތަނަކީ ކަމާ ބެހޭ އިދާރާތަކުން ހިންގި އޮޕަރޭޝަނުގައި ބަންދުކުރި ތަންތަނެވެ.

އިމިގްރޭޝަންގެ އޮފިސަރުން މަސާޖު ޕާލާއެއް ބަލައިފާސްކުރަނީ --

ރާއްޖޭގައި ހިންގާ މަސާޖު ޕާލާތައް ބަންދުކުރުމުގެ ފޯކަސް ވަރުގަދަކޮށް، ހަފްތާއެއްހާ ދުވަސްތެރޭ އެފަދަ 52 ތަން ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން ހާމަކުރެއްވީ ގަލޮޅު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އެމަނިކުފާނު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށާއި އެމީހުން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، މާލޭގައި ހިންގާ މަސާޖު ޕާލާތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވުމުން، އެ މައްސަލަ އަވަހަށް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި މަހު ނުވަވަނަ ދުވަހުން ފެށިގެން އެ ދެ އިދާރާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި، ހަފްތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކޮށްފައިވާއިރު، އޭގެތެރެއިން 24 ތަނަކީ ކަމާ ބެހޭ އިދާރާތަކުން ހިންގި އޮޕަރޭޝަނުގައި ބަންދުކުރި ތަންތަނެވެ. އަނެއް 28 ތަން ބަންދުކޮށްފައިވަނީ އެތަންތަން ހިންގާ މީހުން އަމިއްލައަށެވެ.

ރައީސް ވިދާޅުވީ އެ އޮޕަރޭޝަނުގައި މިހާތަނަށް 10 ބިދޭސީއަކު ހިފަހައްޓައި، އެ އެންމެން ވެސް ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށެވެ.

މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން ދިން ހިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުން ކުރިއަށް ދާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަސާޖު ޕާލާތަކުގައި ހަށިވިއްކުމާ އިތުރު އެހެން ކުށްތަކަށް އަރައިގަންނަ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. އެފަދަ ފަރާތްތައް އަތުލައިގަނެ، އެމީހުންނަށް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ވަގުތުން ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.