ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަލާ ޕްލޭންކޮށްފައިވާ ސިއްހީ ފަރުވާއެއް ހޯއްދަވަން މިނިސްޓަރު ޒަމީރު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށާ، މިނިސްޓަރު ޕްރޮސީޖާއެއް ހަދާފައިވާ ކަމަށެވެ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިވަގުތު ހުންނެވީ ސިއްހީ ފަރުވާއެއް ހޯއްދަވަން ރާއްޖޭން ބޭރުގައި ކަމަށް އެ މިިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަލާ ޕްލޭންކޮށްފައިވާ ސިއްހީ ފަރުވާއެއް ހޯއްދަވަން މިނިސްޓަރު ޒަމީރު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށާ، މިނިސްޓަރު ޕްރޮސީޖާއެއް ހަދާފައިވާ ކަމަށެވެ.އަދި މިވަގުތު ދަނީ އަރާމު ކުރައްވަމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިރާއަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފަރުވާ ހޯއްދަވަން މި ވަގުތު ހުންނެވީ ސިންގަޕޫރުގަ އެވެ.