ކައުންސިލުން ސިނަމާލެއަށް އަޅާނުލާތީ ސަރުކާރުން "ވަދެ" މައްސަލަތައް ހައްލުކުރަނީ

"ކައުންސިލުން ކުރަން ޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. އެހެންވީމާ، ސަރުކާރުން މިކަމުގެ ތެރެއަށް ސްޓެޕްއިން ކޮށްގެން ވާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގަލޮޅުގެ ރައްޔިތުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް

ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކަށް ޒަމާނުއްސުރެ ދިމާވަމުންދާ ބޮޑެތި މައްސަލަތަކަށް މާލެ ސިޓީ ކައުންސިލުން ހައްލެއް ހޯދާދެވިފައިނުވާތީ، އެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުން "ވަދެ" ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

މާލޭ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ގަލޮޅުގެ ރައްޔިތުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ އެ އިމާރާތްތައް ބާވެ، ދިމާވަމުންދާ މައްސަލަތަކުގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހިއްސާކޮށްފަ އެވެ.

މިގޮތުން، މަތީ ފަންގިފިލާތަކުން ތިރިއަށް ނަޖިހާއި ފެން ލީކުވުމާއި، ލިފްޓުތަކާއި ޕާކިން ފަދަ ބޮޑެތި މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލަތައް ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލާ ހިއްސާކުރިޔަސް، އެދެވޭ ހައްލެއް ނުލިބޭކަމަށް އެ މީހުން ބުންޏެވެ. 

އަދި އެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްފައި ވަނިކޮށް، ޖޫރިމަނާގެ ފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން ސިޓީ ފޮނުވާ ކަމަށް ބުނެ ވެސް މީހަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ، ސިނަމާލެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓަށް ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އެވެ. އެ ޖޫރިމަނާ މާފުކޮށްދިނީ ނޮވެމްބަރު 2022 ގަ އެވެ.

އެ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތަކުގެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދެއްވާފައިވާ ކަމަށާއި، އެހެން ނިންމާފައިވަނިކޮށް މިހާރުގެ ސިޓީ ކައުންސިލުން އެ ނޫން ގޮތަކަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ.

އިމާރާތަށް ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ނަމަވެސް، އެ ޒިންމާ އަދާނުކުރެވޭކަން ރައްޔިތުންގެ ޝަކުވާތަކުން ހާމަވާ ކަމަށެވެ. 

"ކައުންސިލުން ކުރަން ޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. އެހެންވީމާ، ސަރުކާރުން މިކަމުގެ ތެރެއަށް ސްޓެޕްއިން ކޮށްގެން ވާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.