އާއްމުން އެކި މައުލޫމާތުތައް ހޯދަންލާ އާރުޓީއައިތަކަށް ސަރުކާރު ކުންފުނިޔތަކުން އިޖާބަނުދޭ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތައް އަދި ސަބްސިޑަރީ ކުންފުނިތަކަށް މައުލޫމާތު ހޯދަން އާއްމުން ހުށަހަޅާ ކަންކަން އަވަސް ކުރުމުގެ ގޮތުން އިންފޮމޭޝަން އޮފިސަރުން އައްޔަން ކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.
ޕީސީބީއިން ބުނީ އިންފޮމޭޝަން އޮފިސަރުން އައްޔަން ކުރުމުގެ އިތުރުން އާރުޓީއައި ރިކުއެސްޓްތަކާ ބެހޭ މައުލޫމާތު ފަސޭޙައިން ފޯރުކޮށް ދިނުމުގެ ގޮތުން ކުންފުނީގެ އިންފޮމޭޝަން އޮފިސަރުގެ ނަމާއި ނަމްބަރު އަދި އީމެއިލް އެޑްރެސް އާއްމުންނަށް ފަސޭހައިން ފެންނާނެހެން ޝާއިއުކޮށްފައި ހުންނަންވާނެ ކަމަށެވެ.
އާއްމުން އެކި މައުލޫމާތުތައް ހޯދަންލާ އާރުޓީއައިތަކަށް ސަރުކާރު ކުންފުނިޔތަކުން އިޖާބަނުދޭ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މީގެ ކުރިން އެއްވެސް ވެރިއަކު މައުލޫމާތު ހާމަ ނުކުރާ ވަރަށް ދަނީ މައުލޫމާތުތައް ދެމުންނެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދަން ޓީވީ ލައިވްގައި ރައްޔިތުންނަށް ބޭނުން ސުވާލެއް ކުރެވޭ ގޮތަށް ހުޅުވާލައިގެން ޕްރޮގްރާމެއްވެސް ދަނި ހިންގަވަމުންނެވެ.