މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ވަނީ ފެނިފަ އެވެ. ކަނޑުވެފައި ވަނީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެކެވެ.

ދޯންޏެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ދޯނި ދިޔަވެގެން ކަނޑުވި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ އެ ދޯނި ދިޔަވެ، އަޑިޔަށް ދާކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:50 އެހާކަންހާއިރު ކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ވަނީ ފެނިފަ އެވެ. ކަނޑުވެފައި ވަނީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެކެވެ.
"އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ވަނީ ގެންގޮސްފައި. މީހާގެ ހާލު ރަނގަޅު،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވާ ކަމަށެވެ.
އެމީހާ ދަތުރުކުރި ދޯނީގައި ހުރި ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.