އެސްޓިއޯ އިން ބުނީ މި އަހަރުގެ ރަމަޒާން ބާޒާރު ކުރިއަށްދާނީ މާރިޗު 18، 2026 ގެ ނިޔަލަށް ކަމަށެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން ފަށައިފި އެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުން ހާއްސަ ސޭލްތަކާއި ޕްރޮމޯޝަންތަކެއް ރާވާ ކުރިއަށް ގެންދެ އެވެ.
އެގޮތުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ރަމަޒާން ބާޒާރު، މިއަހަރު ރަސްމީކޮށް ފަށާފައި ވަނީ ރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ އެންޑީ އަހުމަދު ޝަހީރު އެވެ.
އެސްޓިއޯ އިން ބުނީ މި އަހަރުގެ ރަމަޒާން ބާޒާރު ކުރިއަށްދާނީ މާރިޗު 18، 2026 ގެ ނިޔަލަށް ކަމަށެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށެވެ.
މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެ އެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.