ފުލުހުންނާ މަރާމާރީ ހިންގި ފުލުހަކު ހައްޔަރު ކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ކޮޅުފުށި، ލިލީނައިޓް، މުހައްމަދު މައުސޫމް 22، އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ ތަފްސީލު، އޭނާގެ މައްޗަށް ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

މާލޭގެ ޓްރެފިކް ބަލަހައްޓާ ފުލުހުހެއް --

މާރާމާރީ ހިންގައި، ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ފުލުހެއް ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ކޮޅުފުށި، ލިލީނައިޓް، މުހައްމަދު މައުސޫމް 22، އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ ތަފްސީލު، އޭނާގެ މައްޗަށް ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ނެރުނު އަމުރުގައި ވަނީ، މައުސޫމަކީ ފުލުހަކަށްވުމުން، ގާނޫނު ނެގެހެއްޓުމަށް މަތީ ދަރަޖައަކަށް ޒިންމާ އޮތް މީހެއް ކަމަށެވެ.

މައުސޫމްގެ އެހެން ބަންދު ރެކޮޑެއް ނެތެވެ. ކޯޓުން އޭނާ ބަންދުކުރަން އަމުރުކޮށްފައި ވަނީ ދެ ދުވަހަށެވެ.

މިދިޔަ ހަފްތާ ވަނީ މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ވެސް ފުލުހަކު ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ އެތަނަށް އައި ފުލުހުންނާވެސް މާރާމާރީ ހިންގަން މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.