އެޗްޑީސީ މުވައްޒަފުންނަށް މިއަހަރު ބޯނަހުގެ ގޮތުގައި 18،600ރ.

އެޗްޑީސީ މުވައްޒަފުންނަށް ރޭ ބޯނަސް ދޭން ފަށާފައިވާއިރު، އަހަރީ ބޯހަނުގެ ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކުގަ އެވެ.

އެޗްޑީސީގެ މައި އޮފީސް އިމާރާތް

ހުޅުމާލެ ބަލަހައްޓާ ކުންފުނި، އެޗްޑީސީ މުވައްޒަފުންގެ ބޯނަސް މިދިޔަ އަހަރަށްވުރެ ބޮޑު ކުރަން ނިންމައިފި އެވެ.

އެޗްޑީސީ މުވައްޒަފުންނަށް މިދިޔަ އަހަރު ބޯނަހުގެ ގޮތުގައި މިދިޔަ އަހަރު ވަނީ 10،000ރ. ދީފަ އެވެ. ނަމަވެސް މި އަހަރު ބޯނަހުގެ ގޮތުަގައި ދޭން އެ ކުންފުނިން ކަނޑައަޅާފައިވަނީ 18،600ރ. އެވެ. އެހެންވެ މިއީ ބޮޑު އިތުރުވުމެކެވެ.

 
މި ބޯނަސް ދޭން އެ ކުންފުނިން ނިންމާފައިވަނީ މުވައްޒަފުންގެ ހިދުމަތަށް ރިޔާއަތްކޮށްގެންނެވެ. އަދި މި ބޯނަސް އެ ކުންފުނިން ބަހަނީ ފިނޭންސް މިނިސްޓްރީން ހުއްދަ ލިބިގެންނެވެ.

ސަރުކާރު އެސްއޯއީތަކުގެ ތެރޭން އެންމެ ބޮޑު އެސެޓެއް އޮތް އެއް ކުންފުންޏަކީ އެޗްޑީސީ އެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުވެސް ބަލަހައްޓާ ކުންފުންޏެވެ. މި މަޝްރޫއާއެކު އެޗްޑީސީގެ އެސްޓުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
 
އެޗްޑީސީ މުވައްޒަފުންނަށް ބޯނަސް ކަނޑައަޅާފައިވާއިރު، ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗްޑީސީ ހިންގާފައި ވަނީ ގެއްލުމުގަ އެވެ.

އެގޮތުން މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއާ އަޅައިބަލާއިރު 50 ޕަސެންޓް ދަށް އަދަދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.