އެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ލޯންޗުކޮށްފި

މި ރަސްމިއްޔާތުގައި، އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްގެ ޔުނީފޯމާއި ލޯގޯ ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެޗްޑީސީން ސްޓޭޓް ސެކިޔުރިޓީ ސާވިސަސް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ހައުސިން ޑިވެލޮމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

މި ހިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި "ސޭފާ ހުޅުމާލެ"ގަ އެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް އިފްތިތާހު ކުރެއްވީ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ. 

މި ރަސްމިއްޔާތުގައި، އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްގެ ޔުނީފޯމާއި ލޯގޯ ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެން ދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ސްޓޭޓް ސެކިޔުރިޓީ ސާވިސަސް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އަދި، މި ޕްރޮގްރާމު ތައާރަފު ކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އޭގެ އިތުރުން، މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނޭނެ އެވެ. އަދި މީގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށާއި، ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.