ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް 25 ކުދިން ހޮވައިފި

ގްރެޖުއޭޓް އިންޓާންސް އަދި ޓެކްސްޓާޓް އިންޓާންސް ހިމެނޭހެން 25 އިންޓާންސްއަށް ބޭންކުން މަރުހަބާ ކިޔާފައި ވެއެވެ.

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް ހޮވުނު ފަރާތްތައް--

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ހުޅުވާ އިންޓާންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް ހާއްސަ ރަސްމިއްޔާތެއްގައި މަރުހަބާ ކިޔައިފި އެވެ.

ގްރެޖުއޭޓް އިންޓާންސް އަދި ޓެކްސްޓާޓް އިންޓާންސް ހިމެނޭހެން 25 އިންޓާންސްއަށް ބޭންކުން މަރުހަބާ ކިޔާފައި ވެއެވެ.

ޓެކްސްޓާޓް އިންޓާންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ. މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަން ވެސް ބާއްވާފައިވެ އެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފަ އެވެ.

ބީއެމްއެލް އިން 2018 ވަނަ އަހަރު ފެށި އިންޓާންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.