ރާއްޖެ އަށް އިއްޔެ ނިޔަލަށް 2,106,122 މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް އައިސްފައިވަނީ 2,046,615 ޓޫރިސްޓުންނެވެ. އެހެންވެ މިއީ ޓޫރިޒަމްގެ އާ ރެކޯޑެކެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 2.1 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، މިއީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި އަހަރަށް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ ނިޔަލަށް ރާއްޖެއަށް 2,106,122 މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް އައި 2,046,615 ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 59,507 ޓޫރިސްޓުން އިތުރު އަދަދެކެވެ. މިހާރު ޓޫރިސްޓުން އައިސްފައިވާ 2.1 މިލިއަންއަކީ ޓޫރިޒަމްގެ ރެކޯށެކެވެ. އެއީ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި މިދިޔަ އަހަރަށްވުރެ އިތުރުވެފައިވާތީ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ބަލާއިރު ޓޫރިޒަމް އުޅެނީ 10.1 ޕަސެންޓުގެ އިތުރުވުމެގަ އެވެ.
މިމަހު ޓޫރިސްޓުން އައި އަދަދަށް ބަލާނަމަ މިހާތަނަށް ޖުމްލަ 84,061 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 74,669 ޓޫރިސްޓުންނާ އަޅާކިޔާނަމަ 12.6 ޕަސެންޓުގެ އިތުރުވުމެކެވެ.
މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިން ނެވެ. އެ ގައުމުން މިހާތަނަށް 320,721 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނާގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން 263,172 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރު ސަރުކާރުން އަންދާޒާކޮށްފައިވަނީ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. މިހާރު އެވްރެޖުކޮށް ރާއްޖެއަށް އަންނަނީ 6,070 ޓޫރިސްޓުންނެވެ.