ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހު

ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ބުރާސްފަތި ދުވަަހުގެ ރޭ 8:30ގައި ސަލާހުއްދީން ސްކޫލްގައި އޮންނާނެ

މާފަންނު ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ. 

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ބުރާސްފަތި ދުވަަހުގެ ރޭ 8:30ގައި ސަލާހުއްދީން ސްކޫލްގައި އޮންނާނެ ކަމަށެވެ.

"ވީމާ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ،" ހީނާ ވިދާޅުވި އެވެ. 

މާލެ ސަރަހައްދުގައި ރައީސް އެންމެ ފުރަތަމަ ބައްދަލުކުރެއްވީ، ވިލިމާލޭގެ ރައްޔިތުންނާ އެވެ. އެއަށްފަހު މައްޗަންގޮޅިއާއި، މާފަންނާއި، ހެންވޭރުގެ ރައްޔިތުންނާވެސް އެ މަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުންތަކުގައި އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި ހިޔާލުތަކާއި ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

ރައްޔިތުންގެ އިތުރުން، އެކި ދާއިރާތަކާއި ސިނާއަތްތައް ތަމްސީލުކުރާ ފަރާތްތަކާ ވެސް ރައީސް މުއިއްޒު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. 

މިގޮތުން، އިއްޔެ މަސްވެރިންނާ ރައީސް ބައްދަލުކުރައްވާފައިވާއިރު، ދިވެހި ވިޔަފާރިވެރިންނާއެކު ބާއްވާ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.