އިންޑިއާ ފޭނުން މެސީއާ ދިމާވޭތޯ 10،000 ރުޕީގެ އަގުބޮޑު ޓިކެޓު ގަތެވެ. ނަމަވެސް އޭނާއާ ބައްދަލު ނުވުމުން ތިބީ ރުޅިގަަދަވެފަ އެވެ.

އާޖެންޓީނާގެ ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އިންޑިއާއަށް އިއްޔެ ކުރި ދަތުރުވީ އެ ގައުމުގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ. އެހެންވެ 10،000ރ. ގެ އަގު ބޮޑު ޓިކެޓު ގަނެގެން އެތައް ހާސް ބަޔަކު ސްޓޭޓިއަމްއަށް ވަނެވެ. ނަމަވެސް މެސީ އެ ދަނޑަށް އައިސް މާ އަަވަހަށް ދިއުންވީ އިންޑިއާގައި ތިބި މެސީގެ ފޭނުން ރުޅގަދަވި ކަމަށެވެ.
ރުޅިގަދަވި ފޭނު ވަނީ ކޮލްކަތާގެ ސްޓޭޑިއަމްއަށް ގެއްލުން ދީފަ އެވެ. އަދި އެމީހުން ގެއަށް ދިޔައީ ދަނޑުގައި ހުރި ބައެއް ތަކެތި ހިފައިގެންނެވެ. މީގެތެރޭން އެކަކު އައި ރުޅީގަ ޓިކެޓުގެ އަގު ހަމަކުރަން ސްޓޭޑިއަމްގައި އަޅާފައިވާ ރަތް ދޫލައިގެ ކާޕެޓު ވަނީ ވިއްކާލާފަ އެވެ.
މެސީގެ މި ދަތުރުފުޅަކީ ވަރަށް މަޝްހޫރުކޮށްފައިވާ 'ގޯޓް ޓުއާ' ގެ ގޮތުގަ އެވެ. ނަމަވެސް، މި ދަތުރުގައި މެސީ ފޭނުންނަށް ލޮލުކޮޅުން ފެނިފައިވަނީ އެންމެ 22 މިނެޓަށްށެވެ. އެހެންވެ އެތައް ގަޑިއިރެއް ވަންދެން އިންތިޒާރުކުރި ފޭނުން ކަންބޮޑުވެ، ހިތްހަމަނުޖެހުން ބޮޑުވި އެވެ.
މެސީ ސްޓޭޑިއަމްއަށް ގޮސް ފޭނުންނަށް ފެނުމާއެކު ހާލަތު ގޯސްވި އެވެ. ފުޅިތަކާއި ފައިވާން އަދި ޕްލާސްޓިކް ގޮނޑި އުކަން ފެށ އެވެ. އެހެންވެ އެންމެފަހުން ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ ޓީމުތަކުން ވަނީ މެސީ ސްޓޭޑިއަމުން ގެންގޮސްފަ އެވެ.