ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމަށް މިއަދު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުގައި އެ މަގާމުގެ އަސާސީ މުސާރައަކީ 45،700 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރު މެޑިކަލް އަދި ފޯނު އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ތިބޭއިރު މިވަގުތު އެކޯޓުގައި ތިބީ ނުވަ ފަނޑިޔާރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.