މިދިޔަ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖުމްލަ ރިޒާވްހުރީ 371.2 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ މިދިޔަ ސެޕްޓަރުބަރު މަހު ވަނީ ރިޒާވް 810 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުރި ވަރަށްވުރެ މި އަހަރު 488.3 މިލިއަން ޑޮލަރު އިތުރު ވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް 371.2 މިލިއަން ޑޮލަރަށް ވެއްޓުނު ނަމަވެސް މި އަހަރު ވަނީ 859.5 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ 488 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
އެމްއެމްއޭ އިން މަހަކު އެއްފަހަރު ނެރޭ އިކޮނޮމިކް އަޕްޑޭޓުގެ އޮގަސްޓް މަހުގެ އަދަދު ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ރިޒާވް ހުރި 859.5 މިލިއަން ޑޮލަރެވެ. އަދި އޮގަސްޓް މަހު ޖުމްލަ ރިޒާވް ހުރި 810 މިލިއަން ޑޮލަރެވެ. މި ދެ މަސް އަޅާކިޔާނަމަ ރިޒާވަށް ވަނީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި އެންމެ ފަހުން ހުރީ 200 މިލިއަން ޑޮލަރެވެ. މި އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 213.22 މިލިއަން ޑޮލަރެވެ. އަދި އޮގަސްޓް މަހު 188.64 މިލިއަން ޑޮލަރަށް ވެއްޓުމަށްފަހު ސެޕްޓެމްބަރު މަހު ހުރީ 194 މިލިއަން ޑޮލަރެވެ. އެވްރެޖުކޮށް ހުންނަނީ 200 މިލިއަން ޑޮލަރެވެ. އަންނަ އަހަރުވެސް ޔޫޒަބަލް ރިޒާވް ހުންނާނީ މި އަދަދުގައި ކަމަށް ބެލެވެ އެވެ. ނަމަވެސް އަންނަ އަހަރަކީ ރާއްޖޭން ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އަހަރަކަށްވުމާއެކު ނެޓް ޔޫޒަބަލް ރިޒާވްގެ އަދަދު ބޮޑުނުވެ ނުވަތަ ދަށްވުމުގެ ފުރުސަތު އޮންނާނެ އެވެ. ޔޫޒަބަލް ރިޒާވްއަކީ އޮފިޝަލް ރިޒާވް ގެ އަދަދުން، ދައުލަތަށް ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ ދަރަނި އުނިކުރުމަށް ފަހު މަރުކަޒީ ބޭންކަށް ހުންނަ ބޭރު ފައިސާގެ އަދަދެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ ރިޒާވް ހުންނާނީ އެއް ބިލިއަން ޑޮލަރާ ގާތުގަ އެވެ. އަހަރު ނިމޭއިރު ޖުމްލަ ރިޒާވް 903.7 މިލިއަން ޑޮލަރުގައި ހިފެހެއްޓޭނެ އެވެ. މި އަހަރު ނިމޭއިރު ރިޒާވް ހުންނާނީ 848.6 މިލިއަން ޑޮލަރުގަ އެވެ.