ފުލުހުން މިރޭ ވަނީ އެކަމާ ގުޅޭ ގޮތުން ދެކެވެމުންދާ ބައެއް ވާހަކަތައް ދޮގުކޮށްފަ އެވެ. އެގޮތުން މައުރޫފް ސާޖަރީއެއް ހަދަން ޖެހުނީ، ފުލުހުންގެ ބަންދުގައި ހުއްޓައި ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެ

ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ބަންދުން ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހު ބަންދުގައި ބަހައްޓަން އޮތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް މިރޭ ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލީ އެ ފަސް ދުވަސް ހަމަވުމުގެ ކުރިންނެވެ.
މައުރޫފް ބަންދުން ދޫކޮށްލިއިރު، އޭނާ މިއަދު ވަނީ އައިޖީއެމްއެޗުގައި ސާޖަރީއެއް ހަދައިފައެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
ފުލުހުން މިރޭ ވަނީ އެކަމާ ގުޅޭ ގޮތުން ދެކެވެމުންދާ ބައެއް ވާހަކަތައް ދޮގުކޮށްފަ އެވެ. އެގޮތުން މައުރޫފް ސާޖަރީއެއް ހަދަން ޖެހުނީ، ފުލުހުންގެ ބަންދުގައި ހުއްޓައި ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.
ފުލުހުން ބުނީ މައުރޫފް ހޮސްޕިޓަލަށް ގެންދިޔައީ އޭނާ އަމިއްލައަށް އެދިގެން ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން ގެންގޮސްފައި ވަނީ ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން. އެމަނިކުފާނު މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.
ޒާކިރާއެކު އެ މުޒާހަރާއިން ތިން މީހަކު ހައްޔަރު ކުރި އެވެ. ދެން ތިބި ދެ މީހުން ވެސް ތިބީ ފަސް ދުވަހަށް ބަންދުކޮށްފަ އެވެ.