މަސްކިރުވަން ކިއު ނަންބަރާއި އައިސް ލިބެންހުރި މިންވަރު ބެލޭ ހާއްސަ އެޕްތަކެއް

މިރޭގެ ޖަލްސާގައި ވަނީ ދިވެހި މަސްވެރި އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށް، ޕްރޮމޯޓްކުރުމަށްޓަކައި އުފެއްދި ފްރޮމް މޯލްޑިވްސްގެ ވެބްސައިޓް ވެސް އިފްތިތާހްކޮށްފަ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި "މަސްކިރާ" އެޕް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިފްތިތާހުކޮށް ދެއްވަނީ. --ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް މަސްކިރުވަން ގިނަ އިރު ކިޔުގައި ޖެހުމަށް ހައްލެއް ގެނައުމަށާއި އައިސް ޕްލާންޓުތަކުގައި އައިސް ލިބެންހުރި ބަލައިލެވޭ ގޮތަށް ހާއްސަ އެޕްލިކޭޝަންތަކެއް މިރޭ ތައާރަފްކޮށްފި އެވެ. 

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ރ. ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި "މަސްކިރާ"ގެ ނަމުގައި އިފުތިތާހުކުރި "މަސްކިރާ" އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް އަދި އެނޫންވެސް ގިނަ ފަސޭހަތަކެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ އެޕެއް ކަމަށް މިފްކޯއިން ބުންޏެވެ.

"ކެޔޮޅާ މޯލްޑިވްސް"ގެ ރައީސް ޝަފްގާ ޝަފީގުގެ ކޮންސެޕްޓަކަށް ފަރުމާކޮށް، މިފްކޯއާ ގުޅިގެން ތައާރަފުކުރެވޭ މި އެޕަކީ ފުޅާ ދާއިރާއެއްގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާވެސް ހޯދައިގެން ތައްޔާރުކޮށްފައިވާ އެޕެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދެން މިރޭ އިފްތިތާހު ކުރެވިފައިވަނީ، އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު މެދުވެރިކޮށް އޮންލައިންކޮށް ބެލޭ ގޮތަށް ފަރުމާކޮށްފައިވާ "ކެޔޮޅު އެޕް" އެވެ.

ކެޔޮޅު އެޕްލިކޭޝަންގައި ހިމަނާފައިވާ މި ފީޗާ މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަހައްދުތަކާއި ރަށްތަކުގެ މައުލޫމާތު ލިބޭނެ އެވެ. 

އަދި އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރު އެނގޭނެ އެވެ.

މިރޭގެ ޖަލްސާގައި ވަނީ ދިވެހި މަސްވެރި އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށް، ޕްރޮމޯޓްކުރުމަށްޓަކައި އުފެއްދި ފްރޮމް މޯލްޑިވްސްގެ ވެބްސައިޓް ވެސް އިފްތިތާހްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.