ކަންނެލި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ދޫކުރާ ފުރަތަމަ ޝެޑް ދުވާފަރުގައި

"އެސްޓީއޯ ރޭޓު" ގައި ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވަޢުދެކެވެ.

ދުވާފަރުގައި އެސްޓީއޯގެ ޝެޑް ރައީސް ޑރ. މުއިއްޒު ހުޅުވައި ދެއްވަނީ -- އެސްޓީއޯ

ރާއްޖޭގެ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދޭ ފުރަތަމަ "އެސްޓީއޯ ފިއުލް ޝެޑް" ރ. ދުވާފަރުގައި ހުޅުވައިފި އެވެ. 

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރާ ދުވާފަރުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެސްޓީއޯގެ މި ތެޔޮ ޝެޑް ހުޅުއްވައި ދެއްވީ ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. 

"އެސްޓީއޯ ރޭޓު" ގައި ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވައުދެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި  ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެސްޓީއޯއިން މިހާރުވެސް ދަނީ ކަޅުބިލަ މަހުގެ މަސްވެރިންނަށް ބޭނުންވާ ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދެމުންނެވެ. އަދި ސަރުކާރުން ދަނީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދެމުންނެވެ. އަދި މަސްވެރިން ބޭންކިން ނިޒާމަށް ވައްދައި މަސްވެރިންނަށް މާލީ ވަސީލަތްތައް ލިބޭނެ މަގު ވަނީ ފަހިކޮށް ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.