ދުވާފަރުގައި 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

ސަރުކާރުން އެޗްޑީސީއާ އެ މަޝްރޫއު ހަވާލުކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މުހައްމަދު މުއިއްޒު ދުވާފަރަށް ވަޑައިގެން އެ ރަށުގެ އެކިއެކި ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ބޭއްވި ހަފްލާތަކުގެ ތެރެއިންނެވެ.

ދުވާފަރުގައި 50 ހައުސިން ޔުނިޓް އެޅުމަށް ސޮއިކުރުން -- ފޮޓޯ: ރައީސް އޮފީސް

ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރުން އެޗްޑީސީއާ އެ މަޝްރޫއު ހަވާލުކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މުހައްމަދު މުއިއްޒު ދުވާފަރަށް ވަޑައިގެން އެ ރަށުގެ އެކިއެކި ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ބޭއްވި ހަފްލާތަކުގެ ތެރެއިންނެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އެ އެއްބަސްވުމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ.

އޭގެ އިތުރުން ދުވާފަރު ހިއްކި ބިމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އެ ރަށު ހިއްކު ބިމުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ހިއްކި ބިމުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިއިރު، ހިއްކި ބިމުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. 

އޭގެ އިތުރުން އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭ އެވެ. އެ ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.