ހުޅަނގުގެ އެކި ފަރާތްތަކާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އެމެރިކާ ސިފައިން މި އޮޕަރޭޝަން ހިންގި މަގުސަދަކީ މިދިޔަ ޖޫން މަހު އީރާނާއި އިޒްރޭލުން ކުރި 12 ދުވަހުގެ ހަނގުރާމައިގައި މަދުވި މިސައިލް އިތުރު ކުރިޔަ ނުދިނުމެވެ.

އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ގެ ސިފައިންގެ ޓީމަކުން، ޗައިނާ އިން އީރާނަށް ދަތުރުކުރަމުން ދިޔަ އަސްކަރީ ސާމާނުގެ ބޯޓެއް ސްރީލަންކާ ކައިރިން ހިފަހައްޓައިފި އެވެ.
ހުޅަނގުގެ އެކި ފަރާތްތަކާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އެމެރިކާ ސިފައިން މި އޮޕަރޭޝަން ހިންގި މަގުސަދަކީ މިދިޔަ ޖޫން މަހު އީރާނާއި އިޒްރޭލުން ކުރި 12 ދުވަހުގެ ހަނގުރާމައިގައިހުސްވެފައިވާ އީރާނުގެ ބެލިސްޓިކް މިސައިލް އަލުން އިތުރު ކުރުމުގެ މަސައްކަތަށް ހުރަސް އެޅުމެވެ.
ނަމަވެސް، އީރާނުން ކުރިން ބުނެފައިވަނީ 12 ދުވަހުގެ ހަމަލާގައި އެ ގައުމުގެ ހަތިޔާރުތަކުގެ 12 ޕަސެންޓްވެސް ބޭނުން ނުކުރާ ކަމަށެވެ.
އެމެރިކާ ސިފައިންގެ އެކި ފަރާތްތަކާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި މި ބޯޓު، އެމެރިކާގެ ހާއްސަ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް ސާމާނުތައް ހިފަހައްޓާފައިވަނީ ލަންކާގެ އައްސޭރިންނެ ވެ.
އޮފިޝަލަކު ވިދާޅުވި ގޮތުގައި ހިފެހެއްޓި ބޯޓުގައި އާދައިގެ ހަތިޔާރު ބޭނުންކުރުމަށް ވެސް ބޭނުން ކުރެވިދާނެ "ޑުއަލް-ޔޫސް ކޮމްޕޯނެންޓްސް" ހުއްޓެވެ.
ޑޮނާލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން ދަނީ ކަނޑުފޭރުގެ އަމަލުތަކެއް ހިންގަމުން ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ބުނަމުންނެވެ. މިގޮތުން އެންމެފަހުން މިފަދަ އަމަލެއް ހިންގާފައިވަނީ މިިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހު ވެނެޒުއޭލާ ކައިރިން އީރާނަށް ތެޔޮ އުފުލުމަށް ބޭނުންކުރި، ދަތުރުކުރި ބޯޓެއް ވަނީ ހިފަހައްޓާފަ އެވެ.