ހުޅުމާލޭ މަގުތައް ހަދަން ޗައިނާ ކުންފުންޏާ ހަވާލު ކުރީ 91 މިލިއަނަށް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި، ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކަރިއީގައިވާ މަގު ހިމެނޭހެން 19،001 އަކަމީޓަރުގެ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ މަގުތައް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތު --

ހުޅުމާލޭގައި ޖުމްލަ 19،001 އަކަމީޓަރުގެ މަގު ހެދުމަށް، ޗައިނާ ކުންފުންޏަކާ ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މިމަހުގެ ތިންވަނަ ދުވަހު ހަވާލުކޮށްފައި ވަނީ ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ.

އެޗްޑީސީ އިން ބުނީ މި މަޝްރޫއަކީ އޮކްޓޯބަރު 2، 2022 ގައި ހުޅުމާލޭގެ ޓެމްޕަރަރަރީ ވޯކްސް އެކޮމޮޑޭޝަން ތަރައްގީ ކުރުމަށް ރޮޓައިމްއާ ހަވާލުކުރި މަސައްކަތުގެ ބަދަލުގައި ހެދި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުން ބަދަލުކުރީ ހުޅުމާލޭގެ މާސްޓާޕްލޭން ބަދަލުވުމާއި، އެ ސަރަހައްދުގައި ބައިނަލްއަގްވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅަން ޔޫތު މިނިސްޓްރީން ނިންމުމާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

ހުޅުމާލެ މަގުތައް ހަދަން ވެނުނު އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި، ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކަރިއީގައިވާ މަގު ހިމެނޭހެން 19،001 އަކަމީޓަރުގެ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އޭގެ އިތުރުން ހުޅުމާލޭގެ ދެ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8012 އަކަމީޓަރުގެ ސަރަހައްދެއްގައި އަލުން ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.

  •  މި މަޝްރޫއުގެ އަގަކީ 91،860،829.15 ރުފިޔާ
  •  ފައިސާ ދައްކަން ހަމަޖެހިފައި ވަނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަށް
  •  އެގޮތުން 50% ފައިސާ އަހަރު ދުވަހަށް ބަހައިގެން ދެއްކުމަށް ވަނީ ހަމަޖެހިފައި
  •  ބާކީ 50% ފައިސާ ދައްކާނީ 2027 ވަނަ އަހަރުން ފެށިގެން 6 އަހަރުގެ ތެރޭގައި

އެޗްޑީސީން ބުނީ މަސައްކަތް ހަވާލުކުރި ކުންފުނިން، މަސައްކަތަށް ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަކަށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މި މަސައްކަތް ވީހާވެސް ކުރު މުއްދަތެއްގައި ނިންމާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.