އިތުރު މަސާޖު ޕާލަރުތަކެއް ބަލައިފާސްކޮށް، ފަސް ބިދޭސީން އަތުލައިގެންފި

އިމިގްރޭޝަނުން ބުނީ ރޭ މާލޭގައި ހިންގަމުން ދިޔަ އިތުރު ހަތަރު މަސާޖު ޕާލަރު ބަލައިފާސްކޮށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ފަސް ބިދޭސީއަކު އެ އިދަރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ފުލުހުން ހައްޔަރު ކުރަނީ --

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިތުރު މަސާޖު ޕާލަރުތަކެއް ބަލައިފާސްކޮށް، ފަސް މީހަކު ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

އިމިގްރޭޝަނުން ބުނީ ރޭ މާލޭގައި ހިންގަމުން ދިޔަ އިތުރު ހަތަރު މަސާޖު ޕާލަރު ބަލައިފާސްކޮށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ފަސް ބިދޭސީއަކު އެ އިދަރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ވެސް މިފަދަ އޮޕަރޭޝަނެއް ހިންގައި، ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފަ އެވެ. އެތަންތަނުން ތިން ބިދޭސީ މީހުން ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ވަނީ އެތަންތަން ބަންދު ކޮށްފަ އެވެ.

އިމިގްރޭޝަންގެ އޮފިސަރުން މަސާޖު ޕާލަރެއް ބަލައިފާސްކުރަނީ --

އޭގެ އިތުރުން ވެސް އެހެނިހެން ވިޔަފާރި ކުރާ ތަންތަން ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އަޅައި، ބައެއް ވިޔަފާރިތައް ދަނީ ބަންދު ކުރަމުންނެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީއާ ވެސް ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.